ދިގޭ ހީކުޅަ ކަމަކު މީހާ ޢުމުރު ދިގު ކަމުގައެއް ނުވެޔޭ
އެނގޭމީހުން އެކަންދަނެގެން މަގުންތެދު ސީދަލަށް ހިނގަޔޭ
ލެވޭއިރު ދުނިޔެއަށްހޭ ގެެއްލިފައި އަހަރުގެ ފަނަރަ އޮވެޔޭ
ކެވޭ އެއްޗެތި މަނާވެދެޔޭ ފުރޭއިރު ހަތަރު ފަނަރަ ކިޔޭ
ދޮޅަސްފަސް އަހަރު ފާއިތުވާ ހިސާބުން އަންނަ އުނިކަމުގައި
މޮޅަސް ދެރަޔަސް ނުކުޅެދުންތެރި އެތައް ކަމަކާއި ލައިގަަނެޔޭ
ވުޖޫދަށް ނާންނައިރު ފަދައިން ޖެހޭގޮސް ކަށްވަޅަށް އޮންނާން
ނުޖޫމާ އިރުހަނދާ ހުއްޓައި ލަހެއްނުވެ މަރުވެގޮސް ނިމެޔޭ
އަވަދިނެތި ދުނިޔެ ހޯދުނުގައި އުޅުނުއިރުގައި ނުވިސްނޭތީ
އަވައިގައި ލައްޒަތުގެ ޖެހިގެން ވެވުނު ކުށްތައް ހިތަށް އަރަޔޭ
ދުވާލާ ރޭގަނޑުގެ ވާޖިބު ފަރުޟުތައް ދޫވެގެން ދިޔުންމުން
ޒުވާންދައުރުގެ އެ ގެއްލުނުބަައި ނުވާކަންއަތު އެނގެން އޮވެޔޭ
އެހެންވީމާ ދެދުނިޔެ ނުގެއްލި އުޅުމަށް އިސްކަމޭ ދޭންވީ
އެހެންކަން ކުޅަ އަޅުން ސުވަރުގެ ޤިޔާމަތް ދުވަހުގައި ވަދެޔޭ