...

Support Us

ދަރިފުޅާއި މަންމަ ސިފައިންގޭގައި!

ދިވެހި އަސްކަރިއްޔާގައި ބައްޕައާއި ދަރިން ޚިދުމަތުގައި އުޅެއެވެ. ބައްޕައާއެކު އާންމުކޮށް ފިރިހެން ދަރިން އުޅުނަސް މިހާރު އަންހެން ދަރިން ވެސް ޚިދުމަތް ކުރެއެވެ. އެކަމަކު މަންމައާއެކު ދަރިއެއް ސިފައިންގެ ޚިދުމަތަކު ނޫޅެއެވެ. ކޮންމެވެސް ދުވަހަކުން އަދި އުޅޭނެއެވެ.

މިއީ ޓެރެންސް ބެލް، މި އަހަރުގެ ސެޕްޓެންބަރުމަހުގެ 30 ވަނަ ދުވަހު އެމެރިކާގެ އަސްކަރިއްޔާގެ ވެބްސައިޓް އާމީ މިލްގައި ޝާއިޢުކޮށްފައިވާ ލިޔުމެއްގެ ޚުލާސާއެވެ. މަންމައަކާއި ދަރިއަކު ސިފައިންގެ ޚިދުމަތުގައި ކާމިޔާބުކަމާއެކު މަސައްކަތްކުރާ ވާހަކައެވެ. މަންމައަކީ ސާޖަންޓެކެވެ. ދަރިފުޅަކީ ޕްރައިވެޓް ފަސްޓް ކްލާހެކެވެ.

އެރިކާ އެލް އެސްކުއެޑާ އަސްކަރީ ޚިދުމަތާ ގުޅުމުގެ ކުރިން އެއީ މަޝްހޫރު ބިއުޓީޝަނެކެވެ. އެންމެ ފަހުގެ ފެޝަންތަކަށް އިސްގަނޑު ހަދައި، ނިޔަފަތިތައް ރީތިކޮށްގެން އުޅުނު ރީތި އަދި މީހުން ރީތިކޮށްދޭ ކުއްޖެކެވެ. އޭނާ އަސްކަރިއްޔާގެ ކެމޮފްލާޖު ޔުނީފޯމު އަޅައިގެން އަސްކަރީ ޚިދުމަތަށް ނިކުމެދާނެ ކަމަށް އެއްވެސް މީހަކު ޤަބޫލެއް ނުކުރެއެވެ.

އެއް ދުވަހަކު އެސްކްއެޑާގެ ސެލޫނަށް އޭނާގެ ދުވަސްވީ ކަސްޓަމަރެއް އައެވެ. އެއީ ސިފައިންގޭގައި ޚިދުމަތްކުރާ އަންހެނެކެވެ. އެސްކްއެޑާ ސިފައިންގެއަށް ވަންނަން ބޭނުންވާ ވާހަކަ އެންމެ ފުރަތަމަ ބުނީ އޭނާގެ ކައިރީގައެވެ. އެހެން ބުނުމުން އޭނާއަށް ވެސް އެކަން ޤަބޫލެއް ނުކުރެވުނެވެ. އެކަމަކު އެރިކާ އޭނާގެ ސީރިއަސްކަން ހާމަކުރިއެވެ.

އެސްކުއެޑާ ވަނީ އަސާސީ ކޮމްބަޓް ޓްރޭނިންގައި އޭނާގެ ކުރީގެ ސޫރަ ބަދަލުކޮށް މުޅިން އާ ވިސްނުމަކާއި ސިފައަކާއެކު މިއަހަރުގެ ކުރީކޮޅު ދަސްވެނިވެފައެވެ. އުމުރުން 37 އަހަރުގައި މިވަނީ ފޯޓް ލީގައި ކުރިއަށް ގެންދިޔަ އޯޑަންސް ސްކޫލްގެ 91ބީ ވީލްޑް ވެހިކަލް މެކޭނިކް ކޯސް ފުރިހަމަކޮށްފައެވެ. ސެޕްޓެމްބަރު 27 ވަނަ ދުވަހު 13 ހަފްތާގެ ޕްރޮގްރާމް އޮފް އިންސްޓްރަކްޝަން ފުރިހަމަކޮށްފަ އެވެ.

އެސްކުއެޑާގެ ތާވަލުގައި ދެން އޮތީ ނޯތު ކެރޮލައިނާގެ ފޯޓް ބްރެގްގައި މަތިންދާ ބޯޓުން ފުންމާލައިގެން ޕެރަޝޫޓިސްޓް ބެޖް ހޯދުމެވެ. މި އުންމީދުތަކާއެކު ކުރިއަށްދާއިރު މިހާރު އެއީ އަނތްބެކެވެ. އަދި ދެ ފިރިހެން ކުދިންގެ މަންމައެކެވެ.

ޝައްކެއް ނެތް ގޮތުގައި އެސްކުއެޑާ ދަތުރު އެކުރަނީ ގޮންޖެހުންތައް ގިނަ ޖަންގައްޔެގައެވެ. ނަމަވެސް ނާއުންމީދުކުރާ މީހުންގެ ބަދަލުގައި މިއަދު އޭނާއަށް ފެންނަނީ ހިތްވަރުދޭ މީހުންނެވެ. އޭގެ ތެރެއިން އެކަކީ އޭނާގެ 20 އަހަރުގެ ދަރިފުޅު ޖޯސޭ އެވެ.

ޖޯސޭ ވަނީ އޭނާގެ މަންމަގެ ހަޔާތް ބަދަލުކޮށްލި އަސްކަރިއްޔާއިން ޖާގަ ހޯދާފައެވެ. އޭނާއަށް 2021 ވަނަ އަހަރު ސިފައިންގެ އަށް ވަދެވުނަސް ސައުތު ކެރޮލައިނާގެ ފޯޓް ޖެކްސަންގައި ކުރިއަށް ގެންދިޔަ އަސާސީ ކޮމްބެޓް ޓްރޭނިންގގައި އަނިޔާވި އެވެ. ނަމަވެސް 2022 ވަނަ އަހަރުގެ މެއި މަހު ތަމްރީނު ފުރިހަމަކުރިއެވެ. ދެމައިން ތަމްރީނު ހެދީ އެއްތަނެއްގައެވެ. އަސާސީ ތަމްރީނަށް ފަހު ދެމައިން އެކަކު އަނެކަކަށް ވަރަށް ބޮޑަށް ހިތްވަރު ދިނެވެ. އެކަކު އަނެކަކަށް ޒިޔާރަތްކޮށް ހަދައެވެ.

ފޯޓް ލީގައި އެސްކުއެޑާ ނިސްބަތްވަނީ ބްރާވޯ ކޮމްޕެނީގެ 16 ވަނަ އޯޑަންސް ބެޓޭލިއަނަށެވެ. އޭނާގެ ދަރިފުޅު ނިސްބަތްވަނީ ޔުނިޓް ފޮކްސްޓްރޮޓް ކޮމްޕެނީއަށެވެ. ސަމާސާ ކުރާ މީހުން ޖޯސޭއަށް "މަންމަގެ ކުއްޖާ" އޭ ކިޔާ ދިމާކޮށް ހަދައެވެ. އަދި އޭނާ އެއްވެސް ވިޔާނުދާ ކަމެއް ކޮށްފިނަމަ "މަންމަގެ ގާތުގައި ބުނާނަމޭ" ބުނެއެވެ. އެފަދަ ވާހަކަތައް މިއަދު އޭނާއަށް ވަނީ މަޖާކަމަކަށެވެ.

ޖޯސޭ ބުނާގޮތުގައި އޭނާ މަންމަ ދެކެ ވަރަށް ލޯބިއެވެ. އޭނާ ހުރީ އޭނާގެ މަންމައަށްޓަކައި ފުރާނަދޭން ތައްޔާރަށެވެ. "މަންމައަކީ އަހަރެންގެ ދުނިޔެ. އެއީ އަހަރެންގެ ފުރާނަ،" ޖޯސޭ ބުނެއެވެ.

އެސްކުއެޑާ އަބަދުވެސް ދަރިފުޅަށް ރަނގަޅަށް އުޅުމަށް ނަސޭހަތްދީ ހިތްވަރުދެއެވެ. އޭނާއަށް އޮތް ހިތްހަމަ ޖެހުމަކީ އެ ދަރިފުޅު ސިފައިންގެ ޚިދުމަތާ ގުޅުމުން ދުނިޔެއަށް ލޯ ހުޅުވާލަދޭނެތީއެވެ. ރިވެތި އަޚްލާޤާއި ސުލޫކު އަށަގަންނާނެތީއެވެ. މަންމައާއި ދަރިފުޅުގެ އުންމީދަކީ އެއް އުންމީދެކެވެ. އެއީ ޤައުމުގެ މިނިވަންކަން ދިފާޢުކުރުމެވެ.

މަސްދަރު: އެމެރިކާގެ އާމީ ރަސްމީ ވެބްސައިޓް

  • މައުލޫމާތު: އަބްދުﷲ ސަޢީދުގެ ލިއުއްވުމަކުން ނަގައިފައި

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *