ޙައްޤާއި ބާޠިލު ވަކިކުރާ ފޮތަކީ ޔަޤީން ޤުރުއާން ކަރީމް
މައްކީ ނަބިއްޔާއަށް ވަޙީން ތަންޒީލުވީ ޤުރުއާން ކަރީމް
ކުރިޔާއި ފަހަތުން ބާޠިލެއް އަމުދުން އައުން އެފޮތަށްނުވާ
ހުރިހައި މިސާލުތަަކާ ޙުކުމް ފުޅުތަކުގެ ފޮތް ޤުރުއާން ކަރީމް
ކަައުނާ ފަޒާ ހޯދާ ބަލައި ރައްބީގެ ޢަޤްލީ ހެކިތަކުން
ތަޢުބީރުކޮށް ﷲ ދެނެގަނެވޭ ފޮތޭ ޤުރުއާން ކަރީމް
ފަލަކާ އެތާނގައި ދައުރުވާ ގުރަހައިގެ ހުރިހައި ތަރިޔަކާ
ނަލަކަން އެއީ އެކިހެކިކަމަށް ލެއްވެވި ފޮތޭ ޤުރުއާން ކަރީމް
ހިޔަނީގެ ދެމުމާ ކުރުވުމާ އެނބުރޭ ދިމާޔާ ބިއްބިތާ
ނިޔަމީންގެ ޢިލްމަށް ލެއްވިކަން ސާބިތު ފޮތޭ ޤުރުއާން ކަރީމް
އަހަރާއި ވަޤުތާ މައްސަރާ ވިޔަކޮށް ބެލޭ އަސްބާބުގައި
ނަހަމައިގެ ޛައްރެއް އެކުނުވާ މަތިވެރިި ފޮތޭ ޤުރުއާން ކަރީމް
ހަނދުގައި ވަށައިގެން އެނބުރެމުން އަބަދާ އަބަދު ދާ ނޫރަކުން
ހަނދުމައްސަރާ ޙައްޖުގެ ވަޤުތު ދައްކައިދިނީ ޤުރުއާން ކަރީމް
ކިޔަމަންވެ ބޯލެނބިހައި އަޅުން ﷲ ކަށަވަރު ކުރުމުގައި
ހިޔަހިޔަ އެތައް ޢަޤްލީ ހެކިން ދެނެގަތް ފޮތޭ ޤުރުއާން ކަރީމް