Support Us

ކޮލަމް ކޯދު: ކުރު ވާހަކަ- ގާޒީއާއި ކުށްވެރިޔާ 

ގާޒީ: ވައްކަމުގެ ކުށް ސާބިތުވެ، ދިހަ އަހަރަށް ޖަލަށްލުމަށް ހުކުމުކޮށް، ޖަލުގައި ދިހަ އަހަރުގެ މުއްދަތު ހޭދަކުރުމަށްފަހު، މިއަދު، ކަލޭ މިނިވަންކަޮށް މި ދޫކޮށްލަނީއެވެ. އިސްލާހުގެ މަގުގައި ފައިތިލަ ސާބިތުކޮށްގެން ކަލޭ ހުންނާނޭ ކަމަށް އަހަރެން އުއްމީދު ކުރަމެވެ. އަދި، ދެން، އަލުން ޖަލަށް ވަންނަން ޖެހޭނޭ ފަދަ އެއްވެސް އަމަލެއް ނުކުރާނޭ ކަމަށް ވެސް އަހަރެން ހީކުރަމެވެ. އެހެންވެ، ކަލެއާ އަހަރެން ކޮށްލަން ބޭނުން ސުއާލެއް އެބައޮތެވެ. ކަލޭ މިނިވަންވުމުން، ދެން ކަލޭގެ ހަޔާތް ވޭތުކޮށްލާނީ ކޮން ކަމެއް ކުރުމުގައި ހެއްޔެވެ؟

ކުށްވެރިޔާ: މާތް މަނިކުފާނެވެ! އަޅުގަނޑު ގަސްދުކުރަނީ ސިޔާސީ މައިދާނަށް ނިކުންނާށެވެ! އެހެނީ، ސިޔާސީ މައިދާނުގައި ކުށެއް ނުކުރެވޭނެއެވެ. ސިޔާސީ މައިދާނުގައި ވައްކަމާއި ޚިޔާނާތަކީ ވެސް ގާނޫނީ ގޮތުން ހުއްދަ ކަންކަމެވެ! ސިޔާސީ މައިދާނުގައި އުޅޭ މީހުން، ގައުމު ވިއްކާލި ކަމުގައި ވިޔަސް އެއީ ކުށްވެރިވާނޭ ކަމެއް ނޫނެވެ! ގައުމުގެ ޚަޒާނާއިން ބޭނުން ވަރަކަށް ފައިސާނަގައި ދަތުރުތައް ކޮށް، ގާތްތިމާގެ މީހުންނަށް ޒިޔާރަތްކޮށް ނޫނީ ބޭރު ގައުމުތައް ތަމްސީލުކޮށް ހެދުމަކީ ވެސް، ސިޔާސީ މައިދާނުގައި ހަމަ އެންމެ ރަނގަޅު ކަންކަމެވެ!

(ތަރުޖަމާއެއް)