...

Support Us

ކޮލަމް ކޯދު: ޅެމަކާއި އެ ޅެމުގެ މާނަކޮށްލުމެއް

ތިރީގައި އެވަނީ އަންތަރާ ބިން ޝައްދާދުގެ ޅެމަކާއި އެޅެމުގެ މާނަކޮށްލުމެކެވެ. އަންތަރާ އަކީ އަރަބި ޖާހިލީ ޒަމާނުގެ މޮޅެތި ޅެންވެރިންގެ ތެރެއިން ގުނާލެވުނު ޅެންވެރިއެކެވެ. އޭނާގެ އެއް ޅެން، އަރަބި 'ރަންޅެންތަކުގެ' ތެރޭގައި ހިމެނި، އެ ދުވަސްވަރު، ކައުބާގައި އެލުވުނު ޅެންތަކުގެ (މުއައްލަގާތުތަކުގެ) ތެރޭގައި ހިމެނުނެވެ.

އަންތަރަ މި ދުނިޔެ ދޫކުރީ އަރަބިކަރައިން އިސްލާމް ދީން ފާޅުވުމުގެ ހަތްދިހަ ވަރަކަށް އަހަރު ކުރިންނެވެ.

އަންތަރައިގެ حكم سيوفك މި ޅެމާއި އެޅެމުގެ މާނަކޮށްލުމެއް ތިރީގައި އެވަނީއެވެ.

****

1. (ހެޔޮ، ރަނގަޅު ކަންކަމައިގެން) ކުރިއަށް ދިޔުން މަނާކޮށް، އެއްޗެހި ބުނާ މީހުން ކަރުތަކުގައި ކަލޭގެ ކަނޑިތަކުން ވަރުގަދަ އެތިފަހަރަކުން ޖަހާށެވެ. އަދި، ނިކަމެތިކަމާއި ދެރަކަން ކަލެއަށް އޮތް ތަނަކަށް އާދެވިއްޖެ ނަމަ، އެ ތަން ދޫކޮށް އަވަހަށް ދާށެވެ.

2. އަނިޔާވެރިއަކާ މުއާމަލާތްކުރުމުގެ އިމްތިހާނު ކުރިމަތިވެއްޖެ ނަމަ، ކަލޭ ވެސް އަނިޔާވެރިއަކަށްވެ، (އޭނައާ މުއާމަލާތްކުރާށެވެ. އޭނާގެ އަނިޔާވެރިކަން، ފަހަރެއްގައި ވެސް ބަލައި ނުގަންނާށެވެ!) އަދި، އުފަލާ މަޖާ ކުރުމުގައި އުޅޭ ބަޔަކާ (ނޫނީ، އެހެން ގޮތަކަށް މާނަ ކުރާ ނަމަ، ތަންދޮރު ނުދަން ބަޔަކާ) ދިމާވެއްޖެ ނަމަ، އެމީހުންނާ ވެސް އެފަދަ ގޮތަކަށް މުއާމަލާތް ކުރާށެވެ.

3. ހަނގުރާމައިގެ ދުވަހެއްގައި، ކަލެއަށް ކަމެއް ވެދާނެތީ، ހަނގުރާމައިގެ މައިދާނަށް ގޮސް ހަނގުރާމައިގައި ބައިވެެރިވާން ފިނޑި މީހާ ކަލެއަށް މަނާކޮށްފި ނަމައެވެ.

4. އެ ފިނޑި މީހާ ބުނާ އެއްޗަކާ ކުޑަކޮށް ވެސް އަޅާނުލައި، އޭނާއާ ޚިލާފުވެ، ދެކޮޅު ހަދާށެވެ. އަދި، ހަނގުރާމައިގެ ބައްދަލުވުން ހަގީގަތަކަށް ވާ ހިނދު، (ދުޝްމަނުންނާ ކުރިމަތިލުމަށްޓަކައި) ފުރަތަމަ ސަފުގައި ހުންނާށެވެ.

5. ކަލެއަށް ކަލެއާގެން ކުރިއަށް އެރޭނޭ މަސައްކަތެއް އިޚްތިޔާރުކޮށް، އެކަން ކުރުމުގައި ދެމިހުންނާށެވެ! ނޫން ނަމަ، ކަލޭގެ ނަފްސުގެ ކަރާމަތް، މާތްކަން، ރައްކާކުރުމުގައި 'ހިރަފުހުގެ' ހިޔަލުގައި' މާނައަކީ ހަނގުރާމައިގެ މައިދާނުގައި މަރުވެދާށެވެ!

6. އެހެނީ، މަރަކީ، އޭގެ އޭގެ އާފާތްތަކުން، އެކަން މެދުވެރި ކުރުވާ ބަލިތައް ފަދަ ކަންކަމުން، އިންސާނާ ރައްކާތެރިކޮށް ސަލާމަތް ކޮށްދޭނޭ ކަމަށް ކިއްލާއެއް، އެ ކިއްލާ ގަދަ ފަދަ ގަލުން ކަލޭ ބިނާކޮށް، (އެކިއްލާއަށް ކަލޭ ވަދެ އޮތް) ކަމުގައި ވިޔަސް، ނުވާ އެއްޗެކެވެ.

7. އިންސާނާ އޭނާގެ ނަފްސުގެ އިއްޒަތްތެރިކަން، ރައްކާތެރިކޮށް، އާދެ، އޭނާގެ އަބުރާއި ގަދަރު ވިއްކާނުލައި، މަރުވެ ދިޔުން ހެޔޮކަން ބޮޑުވެގެން ވެއެވެ. (އޭނާގެ އަބުރު ވިއްކާލައި، ނިކަމެތިވެ،) އަނދުން އެޅިފައިވާ ރީތި ލޮލެއްގެ ހިޔަލުގެ ދަށުގައި، ދުނިޔަވީ އަރާމާއި އުފާ ހޯދުމުގައި އުޅޭ) އަޅަކަށް ވުމަށް ވުރެއެވެ.

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.