Support Us

ކޮލަމް ކޯދު: އޭނަ މީނަ ބުނާ ވާހަކައެއް

މީނަ: ސުލައިމާނުގެފާނަށް ލިބިވަޑައިގެންވީ ޖިންނީންގެ ބައަކު އަހަންނަށް ވެސް ލިބިގެންވީ ނަމަތާއެވެ؟

އޭނަ: އެއީ ކީއްކުރަން ހެއްޔެވެ؟

މީނަ: އޭރުން، އެ ޖިންނީން ކަލާ ގާތަށް ފޮނުވުނީސް ނޫން ހެއްޔެވެ؟ އަހަރެން ގާތަށް ކަލާ ގެނައުމަށްޓަކައެވެ؟

އޭނަ: ތިކަން ކުރަން ޖިންނީންނެއް ބޭނުމެއް ނުވެއެވެ.

މީނަ: ދެން އެކަން ކުރާނީ ކިހިނެއް ހެއްޔެވެ؟

އޭނަ: އިނބަގެ އަހުލުވެރިންގެ މީހަކު މިގެއަށް ފޮނުވައި އަހަރެންގެ އަހުލުވެރިންނާ ބައްދަލުކޮށް ވާހަކަ ދެއްކުމުން އެކަން ހަމަޖެހިދާނެއެވެ!

(ދިވެހި ކޮށްލުމެއް)