ރާގު: ޔެރާތީ ޔެމޯސަމް…
މި މާތައް މިޒާރުން ފޮޅޭތަން ދެކޭށޭ މަގޭ މިތުރުނޭ
މިދޭ ރީތި ހަނދުވަރުތެރޭ ގައި ބަލާށޭ މަގޭ ޔާރުނޭ
މިމާތައް މިޒާރުން…
ވިދާ ހަނދުވަރާ ހަނދުވަރުގެ ނަލަ އަލީގައި
ފިދާ ވާން އެދޭފަދަ މަލުގެ ފިނި ހިޔަލުގައި
މިމާތަކުގެ ހުވަނދުން ލިބޭ މަސްތު ކަމުގައި
މިމާތައް އަތުން ބިނދެ ގަތަން އުފަލުގައި
މިމާތައް މިޒާރުން…
ފޮޅޭ މާތަކަށް އައިސް ކޮކާތައް އުފަލުގައި
ތޮޅެން ކަރުގަނޑާ ފިޔަތަކަށް ފިނި ހިޔަލުގައި
މިވާދީގެ ފިނިފޮނި ނަސީމުގެ އަސަރުގައި
މިވާދީން ލިބޭ ފޮނި ޝަރާބުން އުފަލުގައި
މިމާތައް މިޒާރުން…
މިމޫސުމުގެ ނަލަނަލަ ފަތިސް ހަނދުވަރެއްގައި
މިމާތަކުގެ މެޙެފިލް ވިދާ ހިނދު އަލީގައި
މިހިތްގައިމު ވާދީގެ ފިނި ފިނި ހިޔަލުގައި
މިހިތް އުދުހެވޭހެން މިޖައްވާ ފަޒާގައި
މިމާތައް މިޒާރުން…