...

Support Us

މިއީ ހަޤީގަތެވެ.

ގޭތެރޭގެ އާއިލީ ވާހަކަތައް ގެއިން ބޭރަށް ގެންދަނީ ކޮންމެވެސް އާއިލީ މީހެކެވެ. ތިމާ ބޭނުންވާ ގޮތަށް ކަންތައް ނުކުރާތީ ނުވަތަ އުޅުމުގައި ހުންނަ އުސޫލުތައް ކަމުނުދާތީވެއެވެ.

އެއްގޮތަކީ ހިތުގައި ހަސަދަވެރިކަން އެކުލެވުމެވެ. ނުވަތަ އަނެކުން ބޭޒާރުކޮށްލުމުން ހިތްހަމަޖެހުން ލިބެނީއެވެ.

އިހްސާސް ނުވަނީއެވެ. ތިމަންނާގެ އާއިލީ ވާހަކަތައް ހިފައިގެން ހިނގީމަ ބޭޒާރުވާނީ ހަމަ ތިމާމެންނެވެ. ފަހަރިއަކަސް، ޅިއަކަނަސް އެއީ ތިމާގެ އާއިލީ ކޮންމެވެސް މީހަކު ތިމާމެންގެ ހަޔާތަށް ގެނައި ދުރުހިލޭ މީހެކެވެ. ދަރިފަސްކޮޅު ދެމިގެންދާނީ ތިމާއަށް ނިސްބަތްވެގެންނެވެ. ވީއިރު ކައިބޮއި ހަދާގޮތް ކަމުނުދާތީ، ދަރިންގެ ތަރުބިއްޔަތު ކަމުނުދާތީ، ނުރުހެވޭތީ ވާހަކަތައް ހިފައިގެން ހިނގުމުގެ މާނައެއް އެބައޮތްހެއްޔެވެ؟

މައިދައިތަ ނުރުހޭތީ، ބަފައިބެ ފޫހިވާތީ, ޅިޔަނަށް ކަމުނުދާތީ، ގޭގެ އަންހެން ދަރިންގެ މިޒާޖާ އެއްގޮތަށް ދިރިނޫޅޭތީވެ އަނެކުންގެ ދިރިއުޅުމުގެ ވާހަކަތައް އިސްތިހާރު ބޯޑެއްހެން ކިޔައިދޭއިރު ފަޟީޙަތް ތިކޮށްލަނީ ތިމަންނާގެ ދަރި، އުފަންބޭބެ، ކޮއްކޮ ނުވަތަ ދައްތަގެ ދިރިއުޅުން ނޫންހެއްޔެވެ؟

ދެމަފިރިއެއްގެ ޒަވާޖީ ހަޔާތުގެ ވާހަކަތައް ފެތުރުމުގެ ކުރިން ވިސްނާލާށެވެ. އެތަނުން އެކަކީ ތިމަންނާގެ ރަހިމުގެ ގުޅުމުން ގުޅިފައިވާ ފަރާތެކެވެ. ތިމާގެ ލެޔެއެވެ. ތިމާ ނުކުރި ގަދަރަކާއި އިޙްތިރާމެއް އަނެކުން ނުކުރާނެއެވެ.

ހިޔާލު ތަފާތުވިޔަސް މިޒާޖު ތަފާތުވިޔަސް އުޅުމުގެ ވައްޓަފާޅި ކަމުނުދިޔަސް ރަހިމުގެ ގުޅުމުގެ އަގުވައްޓާލާ މީހަކު ކަމުގައި ތިމާނުވާށެވެ.

ގުޅުން ދެމެހެއްޓޭނީ ނުރަނގަޅު، ރަނގަޅު ކުރަން ބުނެދީ އިޙްތިރާމާއި އެކުވެރިކަމާއި ލޯތްބާއި އަޅާލުން އެ ގުޅުމުގައި ވާނަމައެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
1
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *