Support Us

ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވާސިޓީ

ގޮވާންކުޅަ އޮށް ނުހަނު ކުޑަޔަސް، ފެޅީ ކުޑަކުޑަ ގަހެއް ނޫނޭ
ގޮވާމުން އަންނަ މަތިވަރަކީ، ނަފާކުޑަ މަތިވަރެއް ނޫނޭ

މިއަދު ޔުނިވާސިޓީއެއްކަން، ފެށީ "މަޢުހަދު" ގެ ގޮތުގައިކަން
ނިއަތުގައި ޢިލްމު ފެތުރުންކަން، އެއީ، ފޮރުވޭ ކަމެއް ނޫނޭ

ދިވެހި ޤައުމަށް ޢުލޫމުން އަލި، ކުރަން އިސްލާންކަމުގެ ނޫރުން
ރިވެތި އަދަބާއި އަޚުލާޤުން، ޚިލާފެއް އޮތް ކަމެއް ނޫނޭ

ޒަމާނީ ޢިލްމު ހޯދުމުގައި، ކަނޑާއި ފަޒާ ބަލައި ހޯދައި
ކަމާގުޅުވައި ދިރާސާކޮށް، ހެދޭން ނެތް ދެރަ ތަނެއް ނޫނޭ

ދަރީން އެތަކެއް ރޮނގުން މޮޅުވާ، މިދީބަށް އޭގެ ފައިދާވާ،
ޛަރީޢަތަކަށް ވެފައިވާކަން، ދެބަސްވާނޭ ކަމެއް ނޫނޭ

އަދީބުން ޝާޢިރުން ޤާރީން، ވަކީލުން ޢާލިމުން ޤާޟީން
ވަދީޢަތަކަށް ދިވެހި ޤައުމަށް، ނެރުއްވުން ކުޑަ ކަމެއް ނޫނޭ

ރައީސް މައުމޫނު ނަންފުޅު އަދި، ރަޝީދުމޫސާގެ ނަންފުޅުވެސް
އައީ، ދިރިގެން ޝުކުރުލިސްޓަށް، މިއީ، ފަހެ، ކުށްބަހެއް ނޫނޭ

ހިޔާވަހިކަން ތަނުން ޤައުމަށް، އަބަދު ލިބެވެނި ގޮތެއްގައި ދެމި
ސިޔާސީ ރޯޅިއެއް ނާރައި، ހުރުން ނޭދޭ ކަމެއް ނޫނޭ

ފަހުގެ
މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
2
އިތުރު ޅެންތައް
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *