Support Us

ތިބާއާ ނުލާ އަހަރެންގެ ހަޔާތް ހާދަހާ އުފާވެރިއެވެ.

ފަހަރެއްގައިިވެސް އަހަރެން ތިބާގެ ހަޔާތަށް ދިޔައީ ތިބާއަށް ތަކްލީފެއް ޖައްސާކަށް ނޫނެވެ. އަދި ތިބާ އަހަރެންނަށް ތަކްލީފެއް ޖައްސާނެ ކަމަކަށްވެސް ނޫނެވެ. ތިބާގެ ހަޔާތަށް އަހަރެން ގެންދިޔައީ ޚުދު ތިބާ އަމިއްލަ ރުހުމުގައި ނޫންތޯއެވެ. އަހަރެންވެސް ތިބާގެ އަތުގައި ހިފީ އެތައް އުއްމީދުތަކަކާ އެކުގައެވެ.

ތިބާގެ ހަޔާތުން އަހަރެން ނުކުތުމަށް މަޖުބޫރުކުރުވީ ވެސް ތިބާ އެވެ. އަހަރެންގެ ހަޔާތް ﷲގެ އިރާދަފުޅުން ތިބާއާ ނުލާ ހާދަހާ އުފާވެރިއެވެ. މިއަދު އަހަރެންގެ މި އުފާވެރި ދުނިޔެއަށް ތިބާގެ ހިޔަނި އެޅެންވެސް އަހަރެން ނޭދެމެވެ.

އިއްޔެ ތިބާ ދޫކޮށް އާދެވުން މިއަދު މިވަނީ އަހަރެންގެ ނަސީބުކަމުގައި ވެފައެވެ. ތިބާ އަހަރެންނަށް ދިން ހިތްދަތިކަން އެއީ އަހަރެންނަށް ލިބުނު ވަރަށްވެސް އަގުހުރި ފިލާވަޅެކެވެ.

މިއަދު ތިބާ ބޭނުން ވަރަކަށް އަހަރެން ބޭޒާރުކޮށް ފަޟީހަތްކުރިޔަސް ފަރުވާލެއްނެތެވެ. މިއަދު ތިބާއަށް އަހަރެންވަރު ގޯސް މީހަކުނެތެވެ. މީހުން ދައްކާހާ ވާހަކަ އަޑުއަހާ އެހެން މީހުނަށް އޭގެ ތެދު ދޮގު ސާބިތުކޮށްދޭން މިއަދު އަހަރެންނަކަށް ވަގުތެއް ނެތެވެ.

އުފަލާ އެކު ބުނަމެވެ. އަމިއްލަ ނަފްސަށް ފުރިހަމަ އިތުބާރު އެބައޮތެވެ. ތިބާއާ މެދު ކަންތައް ކުރެވުނީ ވަރަށް ރަނގަޅަށެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *