Support Us

ހިތަކަށް އަސަރެއް ނުކުރޭހެއްޔެވެ؟

މާތްރަސްކަލާނގެ ރަޙްމަތުން ތިބާގެ ހަޔާތަށް އަނތްބަކު ލިބެއެވެ. ނިޢްމަތެއްގެ ގޮތުގައި ދަރިން ދެއްވިއެވެ. އެހެނަސް ގޭގައި އުޅޭއިރު ވައިބަރުންނާއި ގެއިން ނުކުތުމަށްފަހު ފޯނު ކޮށްގެން ވެސް ހިލޭ އަންހެނުންނާ ވާހަކަ ދައްކައި، ފޮޓޯ ބަދަލުކޮށް، އުފާވެރި ވާހަކަތަކުން އެމީހުން ހިތްހަމަޖައްސައިދީ މަޖާ ކުރެވެއެވެ.

ހަޔާތުގެ ކޮންމެ ސިކުންތަކީވެސް ނުހަނު އަގުހުރި ވަގުތެއްކަން ހަނދުމަނުވާ ހިނދު ރޭގަނޑުގެ އެތައް ދަމެއް އެ ހިލޭ އަންހެނުންނަށްޓަކައި ނުނިދާ ޗެޓްކުރުމުގައި ތިބާ ބޭކާރު ކުރަމުއެވެ. އަނބިދަރިންނަށް ތިމާގެ ފަރާތުން ވާޖިބުތަކެއް ވާކަން ހަނދުމައެއް ނެތެވެ. ކައިވެނި ކުރަންވީ މަގު ދީނުން ބުނެދީފައި ވީނަމަވެސް ޚިޔާރު ކުރެވެނީ ހަރާމް މަގެވެ. ނަފްސު ދެނީ ޒިނޭގެ ތަންމައްޗަށެވެ. އަނބިމީހާއަށް މަކަރު ހަދައި އޮޅުވައިލައި އޭނާއާއި ދަރިންނަށް އަނިޔާވެރިވެއެވެ.

މަރު އައިސް ބައްދަލުކުރި ހިނދު ތިބާގެ ވެރި ރައްބުގެ ހަޒްރަތަށް ގެންދެވޭނެއެވެ. ދެއްވި ނިޢުމަތްތަކާއި ކޮނޑު އެޅި ވާޖިބުތަކުން ސުވާލުވެވޭނެއެވެ.

ހިލޭ އަންހެނާ ވާހުށީ ތިމާއަށް ވެވުނު ފާފައިގެ އަމަލެއް ކަމުގައި ނޫންހެއްޔެވެ؟ ތައުބާ ނުވެވޭނަމަ ވިސްނާލާށެވެ. ދުނިޔޭގައި ވަގުތު ބޭކާރު ކުރެވުމެކެވެ. އާޚިރަތުގައި ވޭންދެނިވި އަޒާބެކެވެ.

އަނބިންނަކީވެސް ދެއްވާ ނިޢުމަތެކެވެ. ހެޔޮގޮތުގައި ދިރިއުޅޭށެވެ. ނޫޅެވޭނަމަ ދޫކޮށްލާށެވެ. އެހެނަސް ހަޔާތުގައި ބަހައްޓައިގެން ހިތްދަތިކަމެއް ނުދޭށެވެ. ސުވާލުވެވޭނެއެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
1
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *