ކުއްޖެއްގެ މަންމަ، އެ ކުއްޖާގެ އުމުރުން އަށް އަހަރުގައި، ނިޔާވިއެވެ. ދެން، އެ ކުއްޖާގެ ބައްޕަ، އާ އެހެން "މަންމަ"އެއް، އެ ކުއްޖާއަށް ހޯދައިދިނެވެ.
ދުވަސްކޮޅެއް ކޮށްލާފައި ދަރިފުޅު ކުރެން ބައްޕަ އަހާލިއެވެ. "ދަރިފުޅާއެވެ! ދަރިފުޅުގެ އާ "މަންމަ" ކިހިނެއް ހެއްޔެވެ؟ ދަރިފުޅުގެ މަންމައާއި ދަރިފުޅުގެ އާ "މަންމަ"ގެ ތަފާތެއް ހުރި ނަމަ އެ ތަފާތަކީ ކޮބައި ހެއްޔެވެ؟"
ދެން ދަރިފުޅު ބުންޏެވެ. "ކޮއްކޮގެ މަންމަ ކުޑަކޮށް ދޮގުހަދައެވެ. ނަމަވެސް، އާ މަންމަ ތަފާތެވެ. ވަރަށް ވެސް ތެދުވެރިއެވެ."
"އެއީ ކިހިނެއްވާ ކަމެއް ހެއްޔެވެ؟" ބައްޕަ އަހާލިއެވެ.
"ކޮއްކޮގެ މަންމަ، ކޮއްކޮ ކުޅެން އުޅެފައި ލަސްވުމުން ގޮވާލައިފައި ބުނާނެއެވެ. އަވަހަށް ގެއަށް ވަންނާށެވެ! ނުވަދެއްޖެއްޔާ ކާކަށް ނުލިބޭނެއެވެ." ދަރިފުޅު ބައްޕައަށް އޮޅުން ފިލުވައިދިނެވެ. "އެހެން ބުންޏަސް، މާ ބޮޑަށް ލަސްވީމާ މަންމަ އައިސް ކޮއްކޮ ގެންގޮސް ފެންވަރުވައި ރީތިކޮށްފައި ކާންދޭނެއެވެ. ނަމަވެސް އާ މަންމަ ތަފާތެވެ. ކުޅެން އުޅެފައި ގެއަށް އަންނަން ގޮވާލާފައި، އެ ބުނާ ވަގުތަށް ނާތުވެއްޖެ ނަމަ، އާ މަންމަ ކޮއްކޮއަކަށް ކާކަށް ނުދެއެވެ. މިހާރު ކޮއްކޮ ނުކައި ހުންނަތާ ދެ ދުވަސް ވެއްޖެއެވެ!"
(ދިވެހިކޮށްލުމެއް)