...

Support Us

ކޮލަމް ކޯދު: ލަވައެއް ކިޔައިދޭ ވާހަކައެއް- ވާނޭ ގޮތެއް ބުނާކަށް ހަމަ ނޭނގެއެވެ!

އަހަރެންގެ މި ހިތެވެ.

ކަލާދެކެ ލޯބިވާ މި ހިތެވެ.

މި ހިތް، ކަލާގެ ލޮލުތެރޭގައި ބާއްވައިފި ނަމައެވެ.

ދެން ވާނީ ކިހިނެއް ހެއްޔެވެ؟

ވާނޭ ގޮތެއް ބުނާކަން ހަމަ ނޭނގެއެވެ!

ކަލާ ބުނީމު ނޫން ހެއްޔެވެ؟

ފަހަރެއްގައި، ނޭނގި ނަމަވެސް ވެހެވެ.

އަހަންނަށް ލޯ މަރާލެވިދާނެއެވެ!

ދެން، ކަލާގެ ހިތަށް ތަދުވެ، އަނިޔާ ލިބިދާނެއެވެ!

 

ވިދާ ބަބުޅާ ކަލާގެ ކަޅު އިސްތަށިގަނޑުގައެވެ.

ކަލާގެ ރާޅުބާނި އިސްތަށިގަނޑުގައެވެ.

ފިނިފެންމަލުން ހާރެއް ގަތައި އަޅުވައިފި ނަމައެވެ.

އަދި، އެމަލުގެ ހާރަށް ރައްކާތެރިވާން އެދެފި ނަމައެވެ.

ދެން، ކިހިނެއް ވާނެ ހެއްޔެވެ؟

ވާނޭ ގޮތެއް ބުނާކަށް ހަމަ ނޭނގެއެވެ!

ކަލާ ބުނީމު ނޫން ހެއްޔެވެ؟

ފަހަރެއްގައި ނޭނގި ނަމަވެސް ވެހެވެ.

އިސްތަށިގަނޑު ނިއުޅާލައި ވައްޓާލެވިދާނެއެވެ.

ދެން، އެ މާތައް ބިން މައްޗަށް އެޅި ހަލާކުވެދާނެއެވެ!

 

އަހަރެން ހިތާމައެއް ކުރަން ޖެހިއްޖެ ނަމައެވެ.

އަހަރެންގެ ލޮލުން ކަރުން ފޭދިއްޖެ ނަމައެވެ.

ކަލާގެ ފައި ބުޑަށް ތިރިވެ އަހަރެން ވެއްޓިއްޖެ ނަމައެވެ.

އަދި، ތަސައްލީއަކަށް އެދެން ޖެހިއްޖެ ނަމައެވެ.

ދެން ކިހިނެއް ވާނެ ހެއްޔެވެ؟

ވާނޭ ގޮތެއް ބުނާކަށް ހަމަ ނޭނގެއެވެ!

ކަލާ ބުނީމު ނޫން ހެއްޔެވެ؟

ފަހަރެއްގައި އެކަންވެސް ނުވެ ހިނގައިދާނެއެވެ.

އަހަރެންގެ ހެދުމުގެ ފަސްބައިން ވިހެލަދިނުމެވެ.

ކަލާގެ ކަރުނަތައް ފޮހެލަދިނުމެވެ!

 

ވީޑިއޯ ބައްލަވައިލެއްވުމަށް:

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.