ދިވެހިންގެ ރީތި ސަގާފަތާ މާޒީވެ ދިޔަ ހިތްގައިމުކަން
މިވެށިން މިއަދު ގެއްލިއްޖެޔޭލިބެމުން އެއައި ފޮނި މީރުކަން
ޙިއްސާ އެކުރި ހުވަފެން ތަކާ ހިތްސާފު ވީ އަޚުވަންތަކަން
ވިއްސާރަޔާ ގަދަ އައްވަކަށް ނުބަލާ އެހޯދި ސަމާލުކަން
ތިން އިރު ކެއުން އެއް މޭޒަކުން ނިންމާލަނީ އުފަލުން ހެމުން
ހިންގުން ތެރިވެ އަތު ގުޅުވަމުން ލިބެމުން އެއައި ރަހަމީރުކަން
އެއްގޯތި ބައިކޮށް ދިރިއުޅުން އެޒަމާނުގައި ނެތް އާދައެއް
އެއްބައިވެގެން ދިރި އުޅުމުގައި ދެއްކީ ދިވެހި އަޚުވަންތަކަން
ހިތް ދަތިކަމާއި ހިތާމަތައް ވީހިނދު ވަށައިގެން ދުނިޔެއިން
ހިތް ހަމަޖެހޭ މާޙައުލަކުން ލިބެނީ ވަފާތެރި މިތުރުކަން
ފަތިހުގެ ފިނިން ތެދުވާނެޔޭ އުޚުތުން އަޚުން ރޭއަޅުކަމަށް
ފަތިހުގެ ވަގުތު އަންގައިދެނީ ހިތްހެޔޮ ސަލާމުން ފެށުނުކަން
ހެނދުނުގެ ސަޔަށް މިތުރުން އަޚުން އުޚުތުން އެކީ އިންސާފުކޮށް
ތެދުވެރިކަމާ ލޯބީގެ ގުޅުމުގެ އިންތިހާއީ ރީތިކަން