ވޭހެ ޚުދުމުޚްތާރު ވެރިކަން ނިސްބަތުން ގައުމެއްގެ ގޯސް
ވޭހެ ޑިމޮކްރަސީގެ ވެރިކަން ރަނގަޅުގައި ހުރެމެ ގޯސް
ޙާލަތަށް ގައުމުގެ އިހަށް އޮތް ހަމަލަމައިގެ އުޞޫލު ތައް
ފާލަކަށް ނޭޅޭ ގޮތެއްގައި ގެއްލި ދިޔުމުން ނެތްހެ ގޯސް
އާޖުފާޖާ ކަންހިނގާގޮތް ނޭނގި ހުއްޓައި ތަޖްރިބާ އިން
ތާޖު ބޮލުއަޅުވައި ސަނާކިޔުމުން ރަނގަޅު ވޭހެއްޔެ ގޯސް
ދައުލަތުގެ އާރާއި ބާރާ ކީރިތިވި މޫރިތިކަމާ
ފައުޅުގައި ގާދޫކޮލުން ލާއިރު އޮޔާ ނުވަނީހެ ގޯސް
ވެރިޔަކަށް ގަދަރެއް ކުރުން އިސްމީހަކަށް ބޯ ނުމެލަނބައި
ހެރިޔަކަށް ނުބަލައި ނެރުންވަދެ ނުކުތުމުން ނެތް ހެއްޔެ ގޯސް
ފިކުރަކަށް ގެނބި ނޭފަތާ އަނގަ ދާކަމެއް އަޑިޔަށް ފެނުން
ޙިކުމަތާ ޕޮލިސީގެ ސަބަބުން ނޭނގެނީ ނަމަ ނެތްހެ ގޯސް