ލައިގަނެޔޭ، ލައިގަނެޔޭ، ނަކަތް މިރޭ، ލައިގަނެޔޭ
ކިޔާ އުޅޭ، ހެއިނަކަތީ، ދަރިވިއްކައި، ކޭނަކަތޭ
ނަކަތް އެ ލައި، ގަންނަ ރެޔާ، އޮކްޓޯބަރު، އަށާރަޔާ
ތުލަ ރާހީން، ސައްބީހާ، ތާއަބަދަށް، ދިމާވެޔޭ
ވިއްސާރަވެ، ގަދަވާނޭ، މޫސުން މާ، ގޯސްވާނޭ
ކަނޑުފަޅު ވިލު، ކިލަނބު ވެފައި، މަސްވެރިކަން، ދެރަވެދެޔޭ
ރުއް ގަހަކަށް، ނޭރޭނޭ، ވަލުން ދަރެއް، ނުލިބޭނޭ
ފަލަމަޑި ކޮނެ، ނަގާންޖެހޭ، ކައްޓަލަ އަަލަ، ކާންޖެހެޔޭ
ކެރި ނުކަނޑައި، ވެހިދާނޭ، ވައި ހިނދިފައި، އޮވެދާނޭ
ތުނިތުނިކޮށް، ވެހިވެހި އޮވެ، ފަސް ހަދުވަސް، ހިނގައިދެޔޭ
ގަސްގަސް ކުދި، ރުވާނެޔޭ، ކައްޓަލަ ކޮނެ، އިންދާނޭ
ރުއްގަސް ވަލު، އިންދުމުގައި، ގިނަ މީހުން، އުޅޭނެޔޭ
ދޫނި ނިކަން، ފެންނާނޭ، ގައުމު ތަކުން އަންނާނޭ
ހޫނު ވަރަށް، މަޑުވާނޭ، އަވި ގަދައެއް، ނުވާނެޔޭ