Support Us

ދޮންކަޅު ތަފާތުކުރުމުގެ ސަބަބުން…

އެއް ގެއެއްގައި ތުއްތު ދެ ކުދިން އުޅުނެވެ. އެކަކު ހަމުގެ ކުލަ އަލިވެފައި ބުރުސޫރަ ރީއްޗެވެ. އަނެކަކަކީ ހަމުގެ ކުލަ އަނދިރި ކުއްޖެކެވެ. އަބަދުވެސް ހަމުގެ ކުލަ އަލި ދަރިފުޅަށް މުޚާތަބު ކުރެވެނީ ހާދަ ލޯތްބޭ ހާދަ ރީއްޗޭ ކިޔައިގެންނެވެ. ގޭގެ އެންމެންގެ ފޮޓޯ ތަކުގައި އެދަރިފުޅު ބަހައްޓައެވެ.

ލޯބިކަމުން ގޭގެ އެންމެން އެ ދަރިފުޅަށް ޚާއްސަ އަހަމިއްޔަތު ކަމެއް ދެއެވެ. އަނެކުންނަށް މި މަންޒަރުތައް ފެނޭމެއެވެ. ހުދު ތިމާގެ ދަރިފުޅުގެ ކުލަ އަނދިރިކަމުން ހިތުގައި ރިހުމެއްވެސް އުފެދެއެވެ. އެންމެ ތުއްތު އިރުވެސް ފަރަގު ކުރެވެނީއެވެ. ހަމައެކަނި ﷲ ސުބްޙާނަޙޫ ވަތަޢާލާ މިންވަރުފުޅުން ދެއްވި ހަމުގެ ކުލައިގެ ސަބަބުންނެވެ.

އާއިލާ ތެރޭގައި ބުރުސޫރައިގެ ސަބަބުން ލޯބި ލިބި ބާކީކޮށްލެވޭ އެތައް ތުއްތު ދަރިންނާއި ބަޔަކުވެއެވެ. މިއީ ވަރަށް ނާތަހުޒީބީ ކަމެކެވެ.

ހަނދާންކޮށްދެމެވެ. ސޫރަ ކުރައްވާ ހަމުގެ ކުލަ ކަނޑައަޅުއްވާ އިންސާނާ އުފެއްދެވީ ﷲ ސުބްޙާނަހޫ ވަތަޢާލާއެވެ. ތިމާމެންގެ ބޮޑާކަމާއި ކިބުރުވެރިކަމާއި ވިހަ ދޫތަކުން ޅަދަރިންގެ މުސްތަގުބަލު ބަނަނުކުރާށެވެ.

މި ކަހަލަ މައްސަލަތައް ފެށެނީ އާއިލާގެ ތެރެއިންނެވެ. ދެން ބޭރުތެރެއާއި ސްކޫލްތެރެއަށް ދެއެވެ.

ހަނދާންކުރަންވީ ކަމަކީ ހަމުގެ ކުލަ އަލިވެގެން ނޫނީ ބުރުސޫރަ ރިވެތިވެގެން ސުވަރުގެ ވަދެވުނު އެކަކުވެސް ނުވެއެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *