Support Us

ކޮލަމް ކޯދު: މީހަކު ބުނާ ވާހަކައެއް

  1. ގެތައް ބޮޑެތިވެފައި ރީތި ވެއްޖެއެވެ. ނަމަވެސް، އާއިލާތައް ކުޑަވެއްޖެއެވެ.
  2. ބޭސްވެރިކަން ކުރިއަރައި ތަރައްގީވެއްޖެއެވެ. ނަމަވެސް އާންމު ސިއްހަތު ގޯސްވެއްޖެއެވެ.
  3. ހަނދަށް ވާސިލުވެ، ހަނދާ ބެހޭ މައުލޫމާތުވެސް ހޯދިއްޖެއެވެ. ނަމަވެސް، އަވައްޓެރިންނަކީ ކޮބައިކަމެއް ނޭނގެއެވެ.
  4. ފައިސާ އިތުރުވެއްޖެއެވެ. ނަމަވެސް، ހިތުގެ ހަމަޖެހުން ފިލައި ހިނގައްޖެއެވެ.
  5. ވިސްނުން ތޫނުކަން އިތުރު ވެއްޖެއެވެ. ނަމަވެސް، ހިކުމަތްތެރިކަން މަދުވެއްޖެއެވެ.
  6. ރަހުމަތްތެރިން ގިނަވެއްޖެއެވެ. ނަމަވެސް، ވަފާތެރިކަން ގެއްލި ހިނގައްޖެއެވެ.
  7. އެކަކު އަނެކަކު ދެނެގަތުން އިތުރުވެއްޖެއެވެ. ނަމަވެސް، އެކަކު އަނެކަކުގެ އިހުސާސުތައް ދެނެގަނެ، އެކަމަށް އިހުތިރާމުކުރުން ކުޑަވެއްޖެއެވެ.
  8. އެކި ކަންކަން ކުރުމަށް ގަޑިގަޑި ކަނޑައަޅާލެވެއެވެ. ނަމަވެސް، ކަމެއް ކުރާނޭ ވަގުތެއް ނުލިބެއެވެ.
  9. އިހުގައި ގެތައް އެޅިފައި އޮތީ ފަނުންނާއި ގަލުންނެވެ. ނަމަވެސް، ހިތްތަކުގައި ލޯތްބާއި ކުލުނާއި އޯގާތެރިކަން އޮތެވެ.
  10. މިހާރު ގެތައް އެޅެނީ 'ރަނުން’ނެވެ. ނަމަވެސް ހިތްތައް ހަރުވެ، ހިލަވެއްޖެއެވެ.

އަހަރުމެން އެންމެންނަށް ވެސް ހެޔޮ ވިސްނުން ދެއްވާށިއެވެ!

(ތަރުޖަމާއެއް)