Support Us

ނަކަތްބަނދި

ހުޅަނގު މޫސުމުގެ ނަކަތްތައް

ނަކަތްތަކޭ   ނަކަތްތަކޭ   މަންޒިލަކީ   ނަކަތްތަކޭ

ދަސްކޮށްގެން އެނގެންޖެހޭ – ހަނދު ހިނގުމަށް ލެއްވެވިޔޭ

ފުރަތަމައީ އައްސިދަޔޭ –  ހުޅަނގުފެށޭ ނަކަތްމެޔޭ

ދެންޖެހިގެން ބުރުނު ވެޔޭ – ރޯނު އެއަށްފަހު ފެށެޔޭ

މުޅަށްއަޅައެ  މިޔަހެލި ފެށި –  ފުޅަށް ފުޅަފު  ފެންހިކެޔޭ

ބާނި ބިޔަވި އަދަ ނިމިގެން – ފުނޯސް ނަކަތް ގަދަ ފެށެޔޭ

އުޑުމަތިބަނަ ފުސްނަކަތޭ – ޖެހިގެން ދެން އަހުލިހަޔޭ

ބާނި ބޮޑުވި މާ ނަކަތޭ – ފުރަ، އުތުރަ، އޭގެ ފަހޭ

ފެން އޮއްސާ އަތަ ނަކަތުން – ހިތަ ނަކަތަށް ފުރޮޅޭނޭ

ދަރިވިއްކައި ކެއި  ނަކަތޭ – ހެއި  ނަކަތަށް ކިޔާއުޅޭ

މުޅަށް އަޅާ ވިހާ ނަކަތް – ނިމިގެން  ގަދަ  ނޮރަ ނަކަތޭ

ދޮށަ ނަކަތުން ވައިއެނބުރޭ – ހުޅަނގު އެއިން ނިމިގެންދޭ

 

އިރުވައި މޫސުމުގެ ނަކަތްތައް

މުލަ ނަކަތުން އިރުވައިވޭ – އިރުދަށުގައި ވައި ހަރުވޭ

ފުރަހަޅަ ގަދަ ޖަހާ ފަހުން – އުތުރަހަޅަމެ  ޖަހާނެޔޭ

އަވިހި ނުލައި ކިޔާކަމަކު – އެނަކަތް ދެން ހިނގާނެޔޭ

ހުވަން ނަކަތް ނިމޭފަހުން – ދިނަށަ މުޅަށް އަޅާނެޔޭ

ފެށުމުން   ހިޔަވިހާ  ނަކަތް –  ވާރޭޔާ   ދޯޅުވެޔޭ

ފުރަބަދުރުވަ ކެރި ވެހިފައި – ފަސްބަދުރުވަ ގުގުރާނޭ

ރޭވަ ނަކަތް  ނިމުނީމާ – އިރުވައި  ވެސް  ނިމޭނެޔޭ

އާދަވެގެން މިކަން  މިހެން – ތަރުތީބުން  ހިނގާނެޔޭ

ފަހުގެ
މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
2
އިތުރު ޅެންތައް
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *