Support Us

ދެބަސްވުންތަކާ ހެދި ކޮންގްރެސްގެ މެދު އިންތިޚާބު ޑިމޮކްރޭޓުންނަށް ކާމިޔާބެއް ނުކުރެވޭނެ

ރައީސް ޖޯ ބައިޑްންގެ އިދާރާގެ ޤާބިލުކަމާމެދު އެމެރިކާގައި އުފެދިފައިވާ ދެބަސްވުންތަކާ ހެދި އެމެރިކާގެ ކޮންގްރެސްގެ މެދު އިންތިޚާބުގައި ޑިމޮކްރޭޓުން ގެއްލުންތަކަށް ހާސާވެފައިވާ ކަމަށް އެމެރިކާގެ Targeted Victory ކުންފުނީގެ ނައިބު ރައީސް މެޓް ގޯރމަން ވިދާޅުވެއްޖެއެވެ.

ފޮކްސް ނިވްޒްގައި ވާހަކަފުޅު ދައްކަވަމުން ގޯރމަން ވިދާޅުވި ގޮތުގައި ރަޝިޔާއާ ދެކޮޅަށް އަޅައިފައިވާ ދަތިކުރުމުގެ ފިޔަވަޅުތަކުގެ ސަބަބުން އެމެރިކާގައި ވަނީ ބެންޒީނާއި ކާބޯތަކެތީގެ އަގު އުފުލިފައެވެ. މިކަމާމެދު އެމެރިކާގެ ރައްޔިތުން ތިބީ ވަރަށް ބޮޑު ޙައިރާންކަމެއްގެ ތެރޭގައި ކަމަށް އޭނާ ވިދާޅުވިއެވެ.

ގޯރމަން ވިދާޅުވިއެވެ. "ރައީސް ބައިޑްން މަސައްކަތްޕުޅު ކުރައްވަނީ އެއީ ޕޫޓީނީ ކަމެއް ކަމަށް" ހައްދަވާށެވެ. އޭނާ ވިދާޅުވި ގޮތުގައި ރައީސް ބައިޑްން އުޅުއްވަނީ އެހެން މީހުންގެ ބޮލުގައި މި ފަދަ ކަންތައްތަކުގެ ޒިންމާ އަޅުއްވާށެވެ.

އޭނާ ވިދާޅުވިއެވެ. "ތެލުގެ އަގު މައްޗަށް ދިޔުމުން އެއީ ޕޫޓިންގެ ކަމެކެވެ. އެހެނަސް އެއްޗެއް އަގު ދަށަށް ހިނގައްޖެނަމަ އެއީ ބައިޑްންގެ ކަމެކެވެ."

ގޯރމަން ވިދާޅުވިއެވެ. "އެމެރިކާގެ އިޤްތިޞާދު ކަސާދަވަމުންދާތަން އެންމެންނަށް ފެންނަމުންދާއިރު ބައިޑްން ވިދާޅު ވަނީ ފަންނީ ގޮތުން އެއްވެސް ކަސާދައެއް ނެތްކަމަށެވެ.

ގޯރމަން ތުހްމަތު ކުރެއްވި ގޮތުގައި ރައީސް ބައިޑްން އެއްވެސް ކަމެއް "ޙައްލު ކުރައްވާކަށް ނޫޅުއްވައެވެ." އޭނާ އަބަދުވެސް ވިދާޅުވާނީ "މަސްއަލައެއް ނެތެވެ."

ގޯރމަން ވާހަކަފުޅު ކުރިއަށް ގެންދަވަމުން ވިދާޅުވިއެވެ. "ޙަޤީޤަތަށް އިންކާރު ކުރައްވަމުން ގެންދަވާތީ ބައިޑްންގެ ތެދުވެރިކަން ވަނީ ގެއްލިފައެވެ. އޭނާގެ އިދާރާގެ ކުށްތަކުގެ ޒިންމާ އަޅުއްވަނީ އެހެން މީހުންގެ ބޮލުގައެވެ. އޭނާ ދައްކަވަނީ ތާކުންތާކު ނުޖެހޭ ބަހަނާތަކެކެވެ."

އޭނާ ވިދާޅުވިއެވެ. "ދެތިން ހަފުތާ ފަހުން ޑިމޮރޭޓުންނަށް ހޭވަރިކަން ލިބޭނެއެވެ. ހައުސްއާއި ކޮންގްރެސްގެ ގޮނޑިތައް ޖުމްހޫރުން ހޯދުމުންނެވެ. މި ގޮތަށް ކަންތައް މިވީ ކީއްވެގެންކަން އޭރުން ބައިޑްނަށް އެނގިވަޑައިގަންނަވާނެއެވެ."

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *