Support Us

"އެއީ ނުބައި އަންހެނެކެވެ."

"އެއީ ނުބައި އަންހެނެކެވެ." މި ޖުމްލަ އަޑުއަހަން ނުޖެހޭ އަންހެނެއް މަދުވާނެއެވެ. ހަމަ އެންމެ ސަބަބަކާ ހުރެއެވެ. ކައިވެންޏަށްފަހު ފިރިންގެ އާއިލާ ބޭނުންވާ ސިފަތައް ނުހުންނާތީއެވެ. އެ މީހުން ބުނާ ގޮތަށް ދަރިން ތަރުބިއްޔަތު ނުކުރާތީއެވެ. ނޫނީ ފިރިން އަނބިން ބުނާ ގޮތަށް ކަންތައް ކުރާތީއެވެ. ފިރިހެން ދަރި މައިންބަފައިންނާ ދުރުކުރަނީއެވެ. ނޫނީ ގޯހީއެވެ.

މިއީ ދަރިންގެ ދަރިންނާ ހަމައަށްވެސް ނަފްރަތުގެ ހުޅުކޮޅު ވާރުތަކުރުވާ އިޖްތިމާޢީ ބޮޑު މައްސަލައެކެވެ. ހައްލެއް ނެތް، ހިތްހެޔޮ ނުކުރެވޭ މައްސަލައެކެވެ. ނަމަވެސް ތިމާގެ ވިސްނުމާއި ހެޔޮހިތަކުން ހައްލު އޮތް ކަމެކެވެ.

އިންސާނުންނަކީ ތަފާތު ބައެއްކަން ގަބޫލުކުރާށެވެ. ގެއަށް ގެންނަ އަންހެން ދަރިންނަކީ ތިމަންނަގެ ދަރިންކަންވެސް ގަބޫލު ކުރާށެވެ. މައިމީހާ އިނދެ ތިމަންނަގެ އަންހެން ދަރިން ގެއަށް ގެންނަ ދުރުހިލޭމީހާގެ ދަރިއަށް ނަފްރަތާއި ހަސަދައިގެ ބަސްތައް ރައްދުކުރާއިރު މަނާނުކޮށް އެކަމުގައި ބައިވެރި މައިންވަތަކަން ނެތް ހިލަ ހިތަކަށް ނުވާށެވެ.

އެ ގެޔަކުން ލޯތްބާއި ކުލުނާއި އަޅާލުން ނުލިބޭނަމަ ދުރުވާނެއެވެ. ކުކުޅުހާލީގައި އަސްދޫންޏެއް ޝާމިލް ކުރެވޭނީ އޯގާތެރިކަމާއެކުގައެވެ.

އަބަދުވެސް އަޑުއަހަންޖެހެނީ "އުޅެން ނޭނގޭ، ކަންތައް ބޮޑު" އަންހެނެކެވެ. ފާޑުކިޔުން އަމާޒުކޮށް ރުޅިމޫނު ދައްކާ އަޑުއިވޭ ގޮތަށް މަލާމަތް ކުރުމާއި ބަދު ބަސްތައް ރައްދުކުރެވޭ ގެއެއްގައި އަންހެނުން ވާނީ ނަފްސާނީގޮތުން މަރެވެ.

މިއީ ދައްކަން އުނދަގޫ، އަދި ދައްކައިފިނަމަ ކުށްވެރިވާ، އެހެނަސް އެންމެންވެސް ގަބޫލުކުރަންޖެހޭ ހަޤީގަތަކެވެ.

ހިތާމައަކީ ދިރިއުޅުމުގައި ނަފްސާނީ ގޮތުން އަންހެނުން ބަލިކަށިކުރުވާ އެއްބަޔަކީ އަންހެނުންގެ އިހްސާސްތައް ދަންނަ މައިންނާއި އަންހެނުން ކަމެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
1
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *