Support Us

ކޮލަމް ކޯދު: ޗާލީ ޗެޕްލިންއަށް ނިސްބަތްކުރެވޭ ބަސްކޮޅެއް

ޗާލީ ޗެޕްލިންއަކީ، ދުނިޔެ ދުށް އެންމެ މަޝްޙޫރު މުހައްރިޖުންގެ ތެރޭގައި ހިމަނާލެވޭ އިނގިރޭސި މުހައްރިޖެކެވެ. ކޮމީޑިއަންއެކެވެ. އޭނާ އުފަންވީ 1889 ވަނަ އަހަރުއެވެ. މި ދުނިޔެ ދޫކުރީ އޭނާގެ އުމުރުން 88 އަހަރުގައި، 1977ގައެވެ. ތިރީގައި އެވަނީ އޭނާއަށް ނިސްބަތްކުރެވޭ ބަސްކޮޅެކެވެ.

  1. މި ދުނިޔޭގެ އެއްވެސް ކަމަކަށް ދާއިމީ ސިފައެއް ލިބިގެން ނުވެއެވެ. އަހަރުމެންގެ ހިތާމަތަކާއި ދަތި އުނދަގޫތަކަށް ވެސް މެއެވެ.
  2. ވާރޭތެރޭގައި ހިނގަން އަހަރެން ލޯބިކުރަމެވެ. ސަބަބަކީ އޭރުން އެކަކަށް ވެސް އަހަރެންގެ ލޮލުން ފައިބާ ކަރުނައެއް ނުފެންނާނެއެވެ.
  3. ދުނިޔެއިން އަހަރުމެންނަށް އެންމެ ބޮޑަށް ގެއްލިގެންދާ ދުވަހަކީ އެ ދުވަހެއްގައި އަހަރުމެން ހިނިތުންވެ ނުހޭ ދުވަހެކެވެ.
  4. ދުނިޔޭގައިވާ އެންމެ މޮޅެތި ޑަކްޓަރުންގެ ތެރެއިން މި ހަ ކަންތައް ވެއެވެ. އިރުގެ އައްޔާއި އަރާމުކުރުމާއި ކަސްރަތުކުރުމާއި ރަނގަޅު ކާނާ ކެއުމާއި އަމިއްލަ ނަފްސަށް އިހުތިރާމުކޮށް (ނަފްސުގެ އަބުރު ގެއްލޭ ކަންތަކަށް އަރައިނުގަތުމާއި) ރަހުމަތްތެރިކަމެވެ. ހަޔާތުގެ ހުރިހާ މަރުހަލާއެއްގައި ވެސް މިކަންކަމުގައި ހިފަހައްޓައިގެން ހުންނާށެވެ. އޭރުން އިރާދަކުރެއްވިއްޔާ ރަނގަޅު ސިއްހަތެއް ލިބޭނެއެވެ.

  • ކަލެއަށް ހަނދު ފެނިއްޖެ ނަމަ، މާތްﷲގެ ރިވެތިކަން ފެންނާނެއެވެ. ކަލެއަށް އިރު ފެނިއްޖެ ނަމަ، މާތްﷲގެ ގަދަފަދަކަން ކަލެއަށް ފެންނާނެއެވެ. ލޯގަނޑެއް ކުރިމައްޗަށް ހުއްޓި އެ ލޯގަނޑަށް ބަލާލައިފި ނަމަ، މާތްﷲ އެންމެ މާތް ކުރެއްވި މަޚުލޫގު ކަލެއަށް ފެންނާނެއެވެ.
  • އަހަރުމެން ގަބޫލުކުރަން ޖެހެއެވެ. އެންމެންނަކީ ވެސް ދަތުރުވެރިންކަމެވެ. ހަޔާތަކީ ކުރު ދަތުރެކެވެ. އެހެންވެ، މިއަދު، އެ ދަތުރު ރަނގަޅު ގޮތުގައި ކުރެވޭތޯ މަސައްކަތްކުރާށެވެ! އެ ދަތުރައިގެން ކުރިއަށް ދާން މާދަމާ، ފަހަރެއްގައި، އޮވެދާނެއެވެ. ނޫނީ… ނެތިވެސްދާނެއެވެ!