ދޫވެއްޖޭ ދޫވެއްޖޭ
ބަސްމި ދިވެހި ދޫވެއްޖޭ
ޒުވާންކުދީން ބަސްނުމޮށޭ
ދިވެހިބަހުން ބަސްނުމޮށޭ
ތިރީހަކަށް އަހަރުފަހުން
ދޮށީކަތުން ނިމޭފަހުން
ޒުވާނުނާ ޖެހޭފަހުން
ބަސްމިދިވެހި އުވޭނެޔޭ
ޕްރޮފެސަރުން ބުނާގޮތުން
ފޮތްފޮތްގިނަ ބުނާގޮތުން
ގޮތްގޮތް ގިނަ އެނގޭ ވަރުން
ކަންއެގޮތަށް ވެގެންދެޔޭ
މިހާރުދެން ނޭޅިއްޔާ
ފިޔަވަޅުތައް ނޭޅިއްޔާ
ބިންގާހެޔޮ ނުކުރިއްޔާ
ބަސްމަރުނުވެ ނޯންނާނޭ