Support Us

ކޮލަމް ކޯދު: ކުރު ވާހަކަ- ފުރިހަމަ ސިއްހަތެއް ލިބިފައިވުމުގެ ސިއްރު

އުމުރުން ސަތޭކަ އަހަރަށް ވުރެ ގިނަ ދުވަސްވެފައިވާ މީހެކެވެ. އޭނާގެ ސިއްހަތު އަދިވެސް ރަނގަޅުކަމާ މެދު މީހުން ހައިރާންވެއެވެ. ދެން، އެއް ދުވަހަކު އޭނާ ކުރެން މީހަކު އެއްސެވެ. "ބޭބޭއެވެ! ބޭބެއަށް މިހާރު ސަތޭކައަށް ވުރެ ގިނަ އަހަރު ވެއްޖެއެވެ. ރަނގަޅު ސިއްހަތެއްގައި، ބޭބެ މިހާ ދިގު އުމުރެއް ހޭދަކޮށްލީ ކިހިނެއް ހެއްޔެވެ؟"

ދެން އެ ބޭބެ ބުންޏެވެ. "ތިކަމުގެ ސިއްރުން ދެން ތިވީ ބުނެެދޭންތާއެވެ. ތިކަމުގެ ސިއްރަކީ އަހަރެންގެ އަންހެނުންނެވެ. އަހަރުމެން މިހާރު އިނދެގެން އުޅޭތާ ހަތްދިހަ ފަސް އަހަރު ވެއްޖެއެވެ. އަހަރުމެން ދެމީހުން އިން ދުވަހު އަހަރުމެން ކަމަކާ މެދު އެއްބަސްވީމެވެ. އެއީ ދެމީހުން ދެބަސްވެ، ޒުވާބުކޮށްގެން ބަލިވާ މީހާ ކޮންމެ ދުވަހަކު ފަސް ކިލޯމީޓަރު ހިނގުމަށެވެ. ކޮންމެ ދުވަހަކު ފަސް ކިލޯމީޓަރު އަހަރެން ހިނގާތާ މިހާރު 75 އަހަރުވީއެވެ!"

ދެން، އެމީހާ އެ ބޭބެ ކައިރީ އިން އޭނާގެ އަންހެނުންނަށް ބަލާލާފައި ބުންޏެވެ. "އެންމެ ރަނގަޅެވެ. ބޭބެގެ އަންހެނުން ވެސް ފެންނަނީ ވަރަށް ވެސް ދުޅަހެޔޮ ސިއްހަތެއް ލިބިފައިވާ ތަނެވެ. ދެން، ބޭބެ އަންހެނުންނަށް އެހާ ރަނގަޅު ސިއްހަތެއް ލިބިފައިވުމުގެ ސިއްރަކީ ކޮބައިހެއްޔެވެ؟"

ދެން ބޭބެ ބުންޏެވެ. "އޭނަ ވެސް ކޮންމެ ދުވަހަކު އަހަރެންގެ ފަހަތުން އާދެއެވެ. އަހަރެން މަކަރު ނުހަދާ ފަސް ކިލޯ މީޓަރު ހިނގާތޯ ބަލާ ޗެކްކުރުމަށްޓަކައެވެ!"