Support Us

"މާތްﷲ ކަލޭގެ ދެއަތް ރައްކާތެރިކުރައްވާށިއެވެ."

ޢުމަރުގެފާނުގެ ޚަލީފާކަމުގެ ޒަމާނުގައި ވަރަށް ހެޔޮލަފާ ދެ ޒުވާނަކު އުޅުނެވެ. އެ ދެ ޒުވާނުންގެ ދެމެދުގައި އޮތީ އެއްބަނޑު އެއްބަފާކަމުގެ ގުޅުން ފަދަ ވަރުގަދަ އަޚުވަންތަކަމުގެ ގުޅުމެކެވެ. ކޮންމެއަކަސް މީގެ ތެރެއިން އެކަކު މުސްލިމުންނަށް ކުރިމަތިވެފައިވާ ހަނގުރާމައެއްގައި ބައިވެރިވާން ދާން ޖެހުނެވެ. އެހެންކަމުން އެ ޒުވާނާ އޭނާގެ އަޚާ ގާތުގައި އެދުނެވެ.

"އަހުރެން އެނބުރި އަންނަންދެން އަހުރެންގެ ޢާއިލާ ބަލަހައްޓާލަދޭށެވެ."

އެއް ރެއަކު މި ޒުވާނާ އޭނާގެ އަޚާގެ އާއިލާގެ ހާލު ބަލާލަން ދިޔައެވެ. އެ ހިނދު އޭނާ އަށް ފެނުނީ އެ ގޭގައި ބައްތި ދިއްލާފައި ވަނިކޮށެވެ. އޭރު އެ ގޭތެރޭގައި ޔަހޫދީއަކު އުޅެއެވެ. އަދި މި ޔަހޫދީ ކަލޭގެ އޭނާގެ ކެހިވެރި ބަސްތަކުން، މި ޒުވާނާގެ އަޚާގެ އަންހެނުންނަށް ފާހިޝް ޢަމަލު ހިންގުމަށް ދަޢުވަތު ދެމުން ދިޔައެވެ. ދެން ފަހެ އެ ޒުވާނާ އެނބުރި އޭނާގެ ގެޔަށް ގޮސް، ކަނޑިއެއް ހިފައިގެން ގޮސް ޔަހޫދީ ކަލޭގެ ޤަތުލުކޮށްލިއެވެ. އަދި އޭނާގެ ހަށިގަނޑު މަގުމައްޗަށް އެއްލާލިއެވެ.

ޖެހިގެން އައި ދުވަހު ހެނދުނު މީސްތަކުންނަށް ޔަހޫދީގެ ހަށިގަނޑު ފެނުނެވެ. އެކަމަކު އޭނާ މަރާލީ ކާކުކަމެއް އެއްވެސް މީހަކަށް ނޭނގުނެވެ.

ފަހެ މީސްތަކުން ޢުމަރު އިބްނު އަލްޚައްޠާބުގެ އަރިހަށް ގޮސް އެވާހަކަ ދެންނެވިއެވެ. އެހިނދު ޢުމަރުގެފާނު މީސްތަކުންނަށް ގޮވާލެއްވިއެވެ. މީސްތަކުން އެއްވުމުން ޢުމަރުގެފާނު މިމްބަރަށް އަރާވަޑައިގެން ﷲ އަށް ހަމްދުކޮށް އެކަލާނގެ މަތިވެރި ކުރެއްވުމަށްފަހު މީސްތަކުންނާ މުޚާތަބުކޮށް ވިދާޅުވިއެވެ.

"އެއްވެސް މީހަކަށް މިި ހަށިގަނޑާ ބެހޭ އެއްވެސް މަޢުލޫމާތެއް އެނގޭ ނަމަ އަހުރެންނަށް ކިޔަދޭށެވެ."

އެހިނދު އެއްކަލަ ޒުވާނާ ކޮޅަށް ތެދުވިއެވެ. އަދި ޚަލީފާ އުމަރުގެފާނަށް ވީގޮތް އޮޅުންފިލުވައިދެއްވިއެވެ.

ޢުމަރުގެފާނު ވިދާޅުވިއެވެ. "މާތްﷲ ކަލޭގެ ދެއަތް ރައްކާތެރިކުރައްވާށިއެވެ."

އެކަލޭގެފާނު އެ އިޝާރާތްކުރެއްވީ ޔަހޫދީ ކަލޭގެ ލޭގެ އެއްވެސް ހުރުމަތެއް ނުވާކަމުގައެވެ. (ހުއްދަކަމުގައެވެ.)

[ނަގައިފައިވަނީ: ޢުމަރު އިބްނު އަލްޚައްޠާބުގެ ޙަޔާތާއި އެކަލޭގެފާނުގެ ޚަލީފާކަމުގެ ޒަމާނާ ބެހޭގޮތުން ޑރ. ޢަލީ މުޙައްމަދު އައް ޞައްލަބީ ލިޔުއްވާފައިވާ ފޮތުން ޞ. 526 /ދާރުއްސަލާމް]

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *