ރާގު: ނެތީހޭ މި ޢާލަމް….
ދެ ފަޖުރެއްގެ އަލިކަން އެކީ އުދަވެލީޔޭ
މިކައުނަށް އުޖާލާ އިރެއް އުދަވެލީޔޭ
ދެ ފަޖުރެއްގެ އަލިކަން…..
***
އުޑުގެ ތަރިތަކާ އަލި ގުރަހަތައް ވިދާލާ
މަނާޒިލުތަކުން ހަނދު ފަލަކުގައި ހިނގާލާ
ސަމާ އަދި ވަކީން ފަރި އެރޭގައި ވެލީޔޭ
މިކައުނަށް އުޖާލާ އިރެއް އުދަވެލީޔޭ
ބިމުން ކޯރުތައް ދެމި ފެނުން ވެހުނު ތާޒާ
ދިރުން މުޅި ބިމަށް ލިބި ފަޅާ ގަސްވެ ތާޒާ
އަމާން ދައުރަކަށް ފެހި އިޝާރާތް ވެލީޔޭ
މިކައުނަށް އުޖާލާ އިރެއް އުދަވެލީޔޭ
އަނދިރި ފޮއިގެ ކަޅުކަން ފިލައި ދުނިޔެ އަލިވީ
ބިމަށް އިރުގެ ދޯދިން އަލުން ރޯޝަނީވީ
ޢަދުލުވެރި ޒަމާނެއް ދުނިޔެ ދައްކަނީޔޭ
މިކައުނަށް އުޖާލާ އިރެއް އުދަވެލީޔޭ
މަގަށް އަލި އެޅޭނޭ ވޮށެއް ދިއްލުނީޔޭ
މަގެއްް ތެދު ހިނގޭނޭ ކޮށެވި އަލިވެލީޔޭ
ކިޔަންވީޔެ ޞަލަވާތް ނަބީ ފާޅުވީޔޭ
މިކައުނަށް އުޖާލާ އިރެއް އުދަވެލީޔޭ