ގަހަށް ކާނާ އެޅޭ ގޮތަކުން ގަހަށް ފައިދާ ތަކެއް ނުވެޔޭ
ވަހަށް މާބުރު ކޮކާ އައުމަށް މަލެއް ފަރިވާ ގޮތެއް ނުވެޔޭ
ދަނޑަށް ފެން ދެއިރުދީ ހައްދާ ގަހަކު މޭވާ ނުއެޅި ތާނގާއި
ކަނޑަށް ބާލާނެ އޮޑި ބަންނަން ލަކުޑި ކަމުދާ ވަރެއް ނުވެޔޭ
އަަޅާހައި މަތިވަރެއް ހުރިހައި ވަނދަށްވެރި ހުސްވެގެންދާތީ
އަޅާ މަތިވަރު ތަކުން އެއްޗެއް ގަހަކު އަމުދުން ހަރެއް ނުވެޔޭ
ހިތަށް ފަހިކަން ލިބޭނެ ކަމަށް ގަހެއް ދަށުގައި މަޑުވެ އިނދެލަން
ކިތަންމެ ބޮޑަށް ވިޔަސް ބޭނުން ހިޔާ ލިބިދޭ ގަހެއް ނުވެޔޭ
ބިތެއް ފުޅަފެެެއްގެ ކެހަވަރަކަށް އަޅަން ކަމުދާނެ ތެދު ދަނޑިޔާ
ރިތެއް ފަދައިން ކަނބަން އޮޑިޔަށް ކަނޑާވަރު ދަނޑި ތެދެއް ނުވެޔޭ
ހަރެއް ބަންނަން ރުކެއްގައިރާ ފުދޭފަދަ ގޮފި ގަހަކު ނެތިފައި
ވަރެއް ލަކުޑީ ނުހުންނާތީ ފިލާ ކީހޭ ވަރެއް ނުވެޔޭ
ޒިރާޢަތުގައި ދިރާސާކޮށް ގަހާ މަތިވަރު ރަނގަޅު ވާގޮތް
މިރާއްޖޭގައި ބަލައި ނުމެލައި ނިދަން އޮވެވޭ ވަރެއް ނުވެޔޭ