ރާގު: މިކުޑަކުޑަ ލޯބި ނާނާޔަށް
ދިވެހި ހުރިހައި ކުދީން ކިޔަވާ ރަނގަޅު ބަޔަކަށް ހެދުން އެދެމޭ
ރިވެތި ޚުލުޤާ ސުލޫކުގެ ވެރި ނަމޫނާޔަށް ހެދުން އެދެމޭ
ދިވެހި ގައުމާއި ބާރުތަކާ ޙަވާލުވެވޭ އިރުން މާދަން
މިވެށިކުރިއަށް އަރާނޭމަގު ކޮށަން ދަސްކޮށްދިނުން އެދެމޭ
ނިކަން ތަހުޒީބު މުޖްތަމަޢެއް ނަމޫނާ ދުނިޔެއަށް ދައްކާ
މިކަން ތަންފީޒު ކޮށްދޭފަދަ ބައެއްކަމުގައި ހެދުން އެދެމޭ
ލިބާހާ ފަސްބަޔާ ކިލަލުން ކިލާނުވެ ހުންނަ ހެދުމާ ލާ
ޢިބާރާތްރީތި ހަމައިން ބަސް ބުނާ ބަޔަކަށް ހެދުން އެދެމޭ
މަޤާމާ އެކި ޙަވާލު ވެވޭ ދުވަހު ޒިންމާ އަދާ ކުރެވޭ
ނަގާނުމެލައި ވަޤުތު ބޭނުން ހިފާ ބަޔަކަށް ހެދުން އެދެމޭ
އަމާނާތްތެރިވެ އިޙްސާންތެރި ގޮތުން މެނުވީ ކަމެއް ނުކުރާ
ނަމާ އަބުރާ ހުތުރު ނުކުރާ ލަފާ ބަޔަކަށް ހެދުން އެދެމޭ
ސަނަދުވެރި، ޢިލްމުވެރިކަން ނެތް ކުދީން އުފެދޭނެ ޖާގަނުދީ
ތަނަށްގެއްލުން އެފަދަކަމަކުން ނުވާ އުނގަނައި ދިނުން އެދެމޭ