ނަންކިޔަމޭ ނަންކިޔަމޭ، ސަމުގާއިން ނަންކިޔަމޭ
އޮންނަ ދެފަޅި ކިޔާދެމޭ، ފަޅިއެއްގައި ފަނަރަ ނަމޭ
އުތުރު ކޮޅުން ގަހާ ކިޔޭ، ދެކުނު ކޮޅުން ސުހައިލު ވޭ
އިރުމަތި އީރާނުގެ ފަޅި، ހުޅަނގީ އަސްތަމާނު މޭ
ގަހާގެ ފަހު ފަރުގަދިޔަ އެ، ނާސި ފަހުން ނާގާ ޔޭ
އައްޔޫގު ގެ ފަހު ގާސިލު ވޭ، ސިމާގު ދޫ ނުވާނެޔޭ
ކިޔަން ތުރިއްޔާނު ވެޔޭ، މުރިނގު އެއަށް ފަހުގައިވޭ
މިހިސާބުން ނިމުނީޔޭ، ދެން ފެށެނީ އިރު ދެކުނޭ
ޖައުޒާ އިން ފެއްޓޭނޭ، ތީރު އެއަށް ފަހުގައިވޭ
އަގުރަބު ފަހު ގަލްބު ވެޔޭ، ފެހުނު ކިޔާ ދިމާ އެޔޭ
ހިމާރިޔަން ކިޔޭ ފަހުން، ޖެހިގެން ދެން ސިއްލަ ވެޔޭ
ނިންމަން ސިއްލަވާރިޔާ، ކިޔުމަށް ފަހު ސުހައިލުވޭ
ޖުމްލަ ތިރީސް ދެނަން އޮވޭ، ނަންތައް ހިތު ކުރާށިޔޭ
ދެފަޅި ވަކިން ކިޔާ ހިނދަކު، ލިޔެވުނު ގޮތް ހިފާށިޔޭ