...

Support Us

ކޮލަމް ކޯދު: ތިވެސް ވެދާނެ ގޮތެކެވެ! މިވެސް ވެދާނެ ގޮތެކެވެ!

މިއަދު މުޅި ރަށް ވެސް އޮތީ ޒީނަތްތެރިކުރެވިފައެވެ. ރަށުގެ ކަތީބު ކައިވެނިކުރައްވާތީ އެވެ. ކަތީބަކީ ރަށު ރައްޔިތުންގެ ލޯބި ހޯއްދައިފައިވާ ބޭކަލެކެވެ. ދިގު މުއްދަތެއްގައި، އިޚުލާސްތެރިކަމާއެކު ރައްޔިތުންނަށް ޚިދުމަތްކުރައްވާފައިވާތީއެވެ. މިހާރު އުމުރުން 90 ގެ އަހަރުތަކަށް އެޅިފައިވާ އިރުވެސް ކަތީބުގެ ޚިދުމަތްތައް ހުއްޓުމެއް ނެތި ކުރިއަށް ދެއެވެ. އަދި، މިހާ ދުވަސްވީއިރު ވެސް ކަތީބުގެ ސިއްހަތު ވަރަށް ވެސް ރަނގަޅެވެ. ލޯބޯގެ ތޫނުކަން ކުރިއެކޭ އެއްފަދަ ނޫނަކަސް މާކަ ގޯހެއް ނޫނެވެ. ކޮންމެއަކަސް، ކަތީބު އިތުރު ކައިވެންޏެއް ކުރައްވަން ގަސްދުކުރެއްވިއެވެ. މިފަހަރު ކަތީބު ކައިވެނިކުރައްވަނީ އުމުރުން 18 އަހަރުގެ ޅަ ޒުވާން ކުއްޖަކާއެވެ. މުޅި ރަށް އޮތީ މި އުފާވެރި މުނާސަބާ ފާހަގަކުރުމަށްޓަކައި ޒީނަތްތެރިކުރެވިފައެވެ.

ކައިވެނީގެ ހަފްލާ ނިމި ކަތީބާއި ކަތީބުގެ އާ އަނބިކަމަނާ އެމީހުންގެ ހަޔާތް ވޭތުކުރަމުން ދެއެވެ. ދެން ދުވަސްގަނޑެއް ފަހުން އެއް ދުވަހަކު ކަތީބު ރަށު ހަސްފަތާލަށް ދުރުވެއްޖެއެވެ. ޑަކުޓަރާ ބައްދަލުކުރައްވާފައި ކަތީބު ބުނުއްވިއެވެ. "އުފާވެރި ޚަބަރެއް އެބަ އޮތެވެ. އަޅުނގަޑުގެ ޒުވާން އަނބިކަމަނާ މިހާރު އިނީ ބަލިވެއެވެ."

ޑޮކްޓަރު އެއްޗެއް ނުބުނުއްވާ އިރުކޮޅަކު އިންނަވާފައި ބުނުއްވިއެވެ. "ވާހަކައެއް ކިޔައި ދެން ހެއްޔެވެ؟" ކިޔައި ދެއްވާށޭ ކަތީބު ބުނުއްވުމުން، ޑަކުޓަރު ބުނުއްވިއެވެ. "އެއްދުވަހު ރަށުގެ ބޮޑު މޮޔަ ޝިކާރަކުރަން ގޮސްލަން ގަސްދުކުރިއެވެ. ބަޑިއެއް ގެންދިޔުމުގެ ބަދަލުގައި މީނާއަށް ގެންދެވުނީ ކުޑައެކެވެ. ދެން، ޝިކާރަކުރަން ދިޔަ އެހެން މީހުންނާއެކު ރަށުގެ ބޮޑު މޮޔަވެސް ދިޔައެވެ. ކޮންމެއަކަސް މާ ގިނައިރު ތަކެއް ނުވަނީސް، ބޮޑުމޮޔައިގެ ކުރިމައްޗަށް ނިކުތީ ބޮޑު ސިންގާއެކެވެ. ބަލާކަށް ނުހުރެ ބޮޑު މޮޔަ، ކުޑަ ހުޅުވާލައި ސިންގާ މަރާލިއެވެ."

މި ހިސާބަށް ވާހަކަ ދިޔަތަނުން، ކަތީބު ބުނުއްވިއެވެ. "ތިއީ ކިހެނެއްވާނޭ ކަމެއް ހެއްޔެވެ؟ ކުޑައަކުން ސިންގާއެއް މަރާލެވޭނެހެނެއް އަޅުގަނޑަކަށް ހިޔެއްނުވެއެވެ. ތިޔަކަން ވާނޭ ގޮތަކީ އޭނާ ކުޑަ ހުޅުވާލި ވަގުތު ކޮންމެވެސް އެހެން މީހަކަށް އެ ސިންގާ ފެނިގެން ބަޑި ޖަހާ މަރާލާނީއެވެ!"

"ތިޔަ ބުނުއްވީ ހަމަ ރަނގަޅު ވާހަކައެކެވެ." ޑަކުޓަރު ކަތީބަށް ނަންގަތެވެ. އަދި އިތުރަށް ވެސް ޑަކްޓަރު ބުނުއްވިއެވެ. "އަޅުގަނޑުވެސް ނަންގަންނަން މި އުޅުނީ ހަމަ ތިހެންނެވެ. އެހެން މީހެއްގެ ކަމަކަށް ވެސް އެކަން ވެސް ހަމަ ވެދާނެ ވާހަކައެވެ!"

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.