Support Us

ކޮލަމް ކޯދު: ޅެމަކާއި އެ ޅެމުގެ ތަރުޖަމާއެއް

  1. قَدْ يعتَلَى ظهْر الجِياد ذُبَابُ

މެއްސަށް ވެސް، ފަހަރެއްގައި، މޮޅެތި އަސްތަކުގެ ބުރިކަށި މައްޗަށް އެރިދާނެއެވެ.

وَيقُود أَسرَابُ الصقُور غُرابُ..

އަދި، ބާޒުގެ އައިނެއް ކުރިއަށް ކާޅެއް އަރައި މަގުދައްކައި ގެންދަނީ ކަމުގައި ވެސް ހީވެދާނެއެވެ.

  1. وَيسُود رجّاف بِمحَفل قَومِه

ގައުމުގެ މެހެފިލުތަކުގައި ވެރިންގެ ގޮތުގައި ބިރުން ތުރުތުރު އަޅާ ފިނޑި މީހަކު ވެސް ހުރެދާނެއެވެ.

وَعَليهِ مِن حُلَل النّفاقُ ثِيابُ

ނިފާގުގެ ގަހަނާއިން (ޒީނަތްތެރިކުރެވިފައިވާ) ހެދުމެއް އަޅައިގެން ހުރެއެވެ.

  1. وَتَرى الأسَافِل قَد تَعَالَى مَجدُهم

އަދި، (އެއްވެސް ގޮތެއް ފޮތެއް ނެތް، އަޚުލާގީ ގޮތުން، ގައުމުގެ،) އެންމެ ދަށުދަރަޖައިގެ ބައިގަނޑެއްގެ މޮޅުކަން އިތުރުވެގެންދާ ކަމުގައި ވެސް ހީވެދާނެއެވެ.

وَالحـُرّ فرد مَــا لدَيه صحَـابُ..

(ނަމަވެސް) އޭރު، މިނިވަނާ ހުންނާނީ އެކަނިވެ، އޭނައަށް އެކުވެރިން ނުވާ ހާލުގައެވެ.

  1. لَكن مَا يُدمِى الفُؤادُ مَرارَة

ނަމަވެސް، (މި ހުރިހާ ކަމަކަށް ވުރެ ވެސް ބޮޑަށް،) ހިތުން ލޭ ދުއްވާލައި، (ލޭ ކަރުނަ އޮހޮރުވާލާ) އެންމެ ހިތިކަން ބޮޑު ކަމަކީ

أسودا وَتنْبحُ فَـوقَهُـن كـِلَابُ

ސިންގާތަކުގެ ބުރިކަށިމަތީގައި ކުއްތާތައް ހޭރި، ވަށްވަށް ޖަހާތަން (ފެނުމެވެ.)

  1. تصنعون من الحمقى قادة ، ثم

ބުއްދި ނުވާ މޮޔައިން ވެރިންނަށް ހަދާފައި، ދެން،

تتساءلون من أين أتى الخراب

(ގައުމު ޚަރާބުވެ، ހަލާކުވެ ދިޔުމުން،) ކަލޭމެން އެކަކު އަނެކަކާ ތި ސުއާލު ކުރަނީ '(ގައުމަށް) ހަލާކުވުން އައީ ކޮންތާކުން (ކިހިނެއް) ހެއްޔެވެ؟'