...

Support Us

ކޮލަމް ކޯދު: ކުރު ވާހަކަ- ދެވަނަ ކައިވެނީގެ އިހުތިފާލު

އިބުރާހިމްބެއާއި އޭނާގެ އަންހެނުންގެ ކައިވެންޏަށް ތިރީހަކަށް އަހަރު ވެދާނެއެވެ. އެ ދެމަފިރިންގެ ކައިވެންޏަށް ހަތަރު ކުދިން ވެސް ލިބިފައި ވެއެވެ. އިބުރާހިމާއި އޭނާގެ އާއިލާ ދިރިއުޅެމުން އައީ ވަރަށް ވެސް އުފަލުގައެވެ.

އިބުރާހިމުގެ އުފާވެރިކަން ގެއްލުވާލީ އޭނާގެ އަންހެނުން މަރުވި ހާދިސާއެވެ. އަންހެނުންގެ ފައިގައި ކުއްތާއެއް ދައިގަނެ، އެ ދައިގެން ތަނުގައި ފުން ފާރުގަނޑެއް އުފެދި، ފަސޭހަނުވެ، އެކަމުގެ ސަބަބުން އަންހެނުން މަރުވީއެވެ.

އަންހެނުން މަރުވުމުން، އިބުރާހިމު ވަރަށް އެކަނިވެރިވިއެވެ. އަބަދުހެން، ގޭގެ އުނދޯލީގައި އަންހެނުން މަތިން ހަނދާންކޮށް، ފެންކަޅިވެފައި، އުނދޯލި ހެއްލަހެއްލާލައި އިނދެއެވެ.

ބައްޕަ ހިތާމަކުރާ ތަނާއި ބައްޕަގެ އެކަނިވެރިކަން ފެނިފައި އިބުރާހިމުގެ ކުދިން ވެސް ވަރަށް ދެރަވިއެވެ. އަދި، އެހެން މީހަކާ އިނުމަށް ބައްޕަ ގާތު ބުންޏެވެ. ނަމަވެސް، އިބުރާހިމު އެކަމާ އިންކާރުކޮށް ބުންޏެވެ. :ތިޔަކުދިންގެ މަންމަ ނިޔާވިފަހުން، އަންހެނުން މަތިން އަހަރެން މުޅިން ފޫހި ވެއްޖެއެވެ. އަހަރެން ބޭނުންވަނީ ތިޔަ ކުދިންގެ މަންމަގެ ހަނދާންތަކަށް ވަފާތެރިވެ މިގޮތުގައި މީހަކާ ނީނދެ އެކަނި ހުރުމަށެވެ."

ބައްޕަގެ ވާހަކަ އަހާފައި، ކުދިން ދުވަސްކޮޅަކު އެއްޗެއް ނުބުނެ މަޑު ޖައްސާލިއެވެ. ނަމަވެސް، ބައްޕަގެ އެކަނިވެރިކަން އެކުދިންގެ ހިތުން ފިލައިގެން ދާނޭ ގޮތެއް ނުވިއެވެ. އެހެންވެ، އަނެއްކާ ވެސް ބައްޕަގެ ކައިވެނީގެ ވާހަކަ ބައްޕާ ގާތު ކުދިން ބުންޏެވެ. އެހެން މީހަކާ އިނުމަކުން ނިޔާވެފައިވާ މަންމައަށް ބޭވަފާތެރިވީ ކަމުގައި ނުބެލެވޭނޭ ވާހަކަ ވެސް ބައްޕަ ގާތު ކުދިން ބުންޏެވެ.

އެހެން ކައިވެންޏެއް ކުރަން !ކުދިން ކެނޑިނޭޅި އެދެމުން ދިޔުމުން، އެންމެ ފަހުން، އިބުރާހިމު ގަސްދުކުރީ އެހެން ކައިވެންޏެއް ކުރާށެވެ. އޭރު އިބުރާހިމުގެ އުމުރުން ފަސްދޮޅަހާ ކައިރި ކުރަނީއެވެ. އިބުރާހިމު އިނީ އުމުރުން ނަވާރަ އަހަރުގެ ކުއްޖަކާއެވެ. އެކުއްޖާގެ އަލަތު ކައިވެންޏެވެ. އެނގޭނޭ ހެން، އިބުރާހިމުގެ ދެވަނަ ކައިވެންޏެވެ.

އިބުރާހިމުގެ ދެވަނަ ކައިވެންޏަށް ތިން މަސް ފުރުނު ދުވަހު، އިބުރާހިމުގެ ހުރިހާ ކުދިން އެއްކޮށްފައި ދެވަނަ ކައިވެނި ފާހަގަކޮށް އިހުތިފާލުކުރަން ބޭނުން ވާހަކަ އެކުދިން ގާތު އިބުރާހިމު ބުންޏެވެ. އަދި، ކައިވެނީގެ އުފާވެރި މުނާސިބާ ފާހަގަކުރުމުގެ ގޮތުން ފަސް ބަކަރި ކަތިލުމަށް ކުދިން ގާތު ބުންޏެވެ. އޭގެ އިތުރުން، ފަސް ބަކަރި ކަތިލުމަށްފަހު ބަކަރިތަކާ މެދު ކަންތައް ކުރަންވީ ގޮތް ވެސް ބުނެދިނެވެ. އިބުރާހިމު ބުނީ ފުރަތަމަ ބަކަރި ރަށުގެ ފަގީރުންނަށް ސަދަގާތަށް ބެހުމަށެވެ. ދެވަނަ ބަކަރި އަވައްޓެރިންނަށް ބެހުމަށެވެ. ތިންވަނަ ބަކަރި ހުރިހާ ކުދިން ވެގެން ކެއުމަށެވެ. ހަތަރު ވަނަ ބަކަރި ބައްޕައާއި ދޮންމަންމަ ކެއުމަށް ގެނައުމަށެވެ. ހަތަރު ބަކަރިއާ މެދު ކަންތައް ކުރާނޭ ގޮތުގެ އިރުޝާދު ދިނުމަށްފަހު، ދެން، އިބުރާހިމު ކުޑަކޮށް މަޑުޖައްސާލިއެވެ.

އެ ވަގުތު އިބުރާހިމުގެ ދޮށީ ދަރިފުޅު ބައްޕަ ކުރެން އަހާލިއެވެ. "ބައްޕާއެވެ! ފަސް ވަނަ ބަކަރިއާ މެދު ކަންތައް ކުރާނީ ކިހިނެއް ހެއްޔެވެ؟" ދެން، އިބުރާހިމު ބުންޏެވެ. "ތިޔަ ކުދިންގެ މަންމަގެ ފައިގައި ދައިގެން ކުއްތާ ހޯދާފައި، އެ ކުއްތާއަށް، އެ ބަކަރި ކާންދޭށެވެ! އެހެނީ އެ ކުއްތާއަށް ހެޔޮކޮށް ހިތުން ހައްގުވެގެން ވެއެވެ. އެހެނީ، ބައްޕައަށް ވުރެ ބޮޑަށް ބައްޕައަށް ރަނގަޅީ ކޮން ގޮތެއްކަން އެ ކުއްތާއަށް އެނގުނީތީއެވެ!"

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.