Support Us

ދުނިޔެއަށް ހޭނުލެވޭތީ

ދިގޭ ހީ ކުޅަކަމަކު މީހާ ޢުމުރު ދިގު ކަމުގައެއް ނުވެޔޭ
އެނގޭމީހުން އެކަން ދަނެގެން މަގުންތެދު ސީދަލަށް ހިނގަޔޭ

ލެވޭއިރު ދުނިޔެއަށްހޭ ގެއްލިފައި އަހަރުން ފަނަރަ އޮވެޔޭ
ކެވޭ އެއްޗެތި މަނާވެދެޔޭ ފުރޭއިރު ހަތަރު ފަނަރަ ކިޔޭ

ދޮޅަސްފަސް އަހަރު ފާއިތުވާ ހިސާބުން އަންނަ އުނިކަމުގައި
މޮޅަސް ދެރަޔަސް ނުކުޅެދުންތެރި އެތައް ކަމަކާ ދިމާވެދެޔޭ

އަވަދިނެތި ދުނިޔެއަށް ހެއްލެވި މުދާތައް ފުނިޖަހާން ހުއްޓައި
ލަވައި ފަހަމުން ކަވައި ގެންގޮސް މަރުގެ ދަލު ޖެހި ފަނާވެދެޔޭ

ވުޖޫދަށް ނާންނައިރު ފަދައިން ޖެހޭ ގޮސް ކަށްވަޅަކު އޮންނާން
ނުޖޫމާ އިރުހަނދާ ހުރެޔޭ ތިމާ ކުރިޔަށް މަރުވެ ނިމެޔޭ

ލިބޭ ދުނިޔޭގެ މަންފާތައް ފިލައި އަބަދަށް ވަކިވެ ދިޔަޔަސް
ލިބޭނަމަ އޭގެ ބޭނުމުގައި ކުރަން ޖެހިލުން ކަމެއް ނުވެޔޭ

ޒުވާން ޅަދުވަހު ރަނގަޅު ޢަމަލެއް ނުކޮށް ގެއްލެނި ވަގުތު ކުރުމުން
ނުވާތީއަތު އެ ހިނދުކޮޅުދެން ހިތާމަކުރާން ފަހުން ޖެހެޔޭ

އިލާހުގެ އަޅުތަކުންނާ ދިރިއުޅޭ ދޫންޏާއި ޙައިވާނަށް
ވިލާއިން ވެއްސަވާ ފެންފޮދު ލިބުމުގައި ފަރަގު ވޭހެއްޔޭ؟

ފަހުގެ
މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
1
އިތުރު ޅެންތައް
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *