Support Us

ޤައުމީ ދުވަސް- ޝުކުރުގެ ނިހާޔަތެއް!

ޕޯޗުގީޒުންނާއި ދެކޮޅަށް، ރަސްގެފާނު ޢަލީ ހައެއް
ޖޯޝުގައި ހަނގުރާމަކޮށް، ދައްކައިދިނީ ގައުމީ ހިތެއް

ފެށި އެދާ ހަނގުރާމައިން، ނާކާމިޔާބުވެ ދާހިނދުން
މުށުތެރޭން އުފުރާލަނީ، ދިދައާއި މިނިވަން ދައުލަތެއް

ވެވި ޝަހީދު މިފަސްގަނޑަށް، އެދުވަހު އަލީރަދުނާއެކީ
ކެރި ފުރާނަ އެ ދެއްވެވީ، ގައުމަށްޓަކައިވީ މަދުކަތެއް

ފުށެތިކާލުން ރުޅިއަރައިގެން، ގައުމު އަޅުވެތިކުރިގޮތުން
ހަށިތަކާއި ފުރާނަ ގައުމުން، ގެއްލުވާލި ނިހާޔަތެއް

ފަސްގަނޑުންއެ އުތީމު ތިންބެން، ލޯބިވާ ގައުމަށްޓަކައި
ޤަސްތު ކުޅަ އެ ޖިހާދަކީ، ވިހުރާލަދޭ ޙުއްރިއްޔަތެއް

ރާއްޖެ ޝާމިލްވާ ގޮތުން، ފެށިގެން އެދާ ހަނގުރާމައީ
ބާއްޖަވެރި މުސްތަޤުބަލެއް، ބިންގާ އަޅައިދޭ މިންނަތެއް

އައި ރަބީޢުލް އައްވަލުގެ، އެކަކަށް އަރުއްވާ މާލެއަށް
ގައިމު ވަޒަނެއް ޖައްސަވާ، ދައްކާލަދެއްވީ ޙިކުމަތެއް

ފަނަރަ ވަރަކަށް އަހަރު އެގޮތަށް، ކަނޑުމަތީގާ ގޭނިގެން
ތަނަކު ބަޠަލަކު ގައުމަކަށް، ދިއްކޮށްލިމީ މިނިވަން ފަތެއް

ބޮޑުތަކުރުފާނުން މިޤައުމަށް، ދެއްވި މަތިވެރި ޚިދުމަތީ
ކޮނޑުމަތީން އުފަލާއެކީ، އުފުލޭ ޝުކުރުގެ ނިހާޔަތެއް

ފަހުގެ
މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
1
އިތުރު ޅެންތައް
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *