އުދަވީކަމަކު އިރު އުދަރެހުން ތަދު ނުފިލަޔޭ އަދު ހިތް ތަކުން
އުދަޔާއެކީ ބިޔަ ރާޅުތައް ތީޔޭ އަރާ ގޮންޑޮޅި ތަކުން
ވިހުރޭ ދިދައިގައި ބީހިލާ ވައިރޯޅި ސިއްރުން ބުނެލަޔޭ
ރިހުމެއް ހިތުން ނުފިލައިވެޔޭ ދީބަށް މިހިރަވާ ގޮތް ތަކުން
ތިލަފަތު ދެކޮޅު ހަމަހަމަ ނުވާ ކިރުމެއް ކިރޭތީ ތިލަފަތުން
މިލަމުން ދެޔޭ މާތަށް ފޮޅޭ ލޯބީގެ ވިންދުވި ހިތް ތަކުން
މިނިވަންވެފައިވި ދެކަން ވަޔާ ވިހުރޭ ކަމަކު ދިދަ ޖައްވުގައި
ހިނިތުންވުމެއް ލިބުމެއްނުވޭ ވިހުރޭ ކަމަކު ދިދަ ދަނޑި ތަކުން
ޖަންބާއި ޖަނބުރޯލާ ފަޅޯ ފޭރާއި ދޮންކޭލާ އަނބާ
އަންނާރު ގަސްގަހު ދޮން ވިޔަސް ރަހަ ނުލި ހިނދުން މޭވާ ތަކުން
ގަސްގަހު އަޅާ މޭވާކޮޅާ ރުކު ގަންނަ ކާއްޓާ ކުރުނބަޔާ
ވަސްވެސް ނުދުވެ އިންސާނަކަށް ވާ ކާކަމުން ރުއްގަސް ތަކުން
ވަދުގައިމަހެއް ޖެހުނަސް މިއަދު ކަނޑުއޮޅި ތެރޭ އިރު ވަދުއަޅާ
ވަދުމަސް މިޔަރު ކައިލާ ކަމުން ބޭނޭން ނެތީމާ ކަނޑު ތަކުން