Support Us

ރަޝިޔާގެ ދިފާޢީ ވަޒީރުގެ ނައިބު އެހެން މަޤާމަކަށް

ރަޝިޔާގެ ދިފާޢީ ވަޒީރުގެ ނައިބު ޖެނެރަލް ޑިމިޓްރީ ޕޮލްގަކޯވް މިއަދު މަޤާމުން ވަކިކޮށް އެހެން މަޤާމަކަށް ބަދަލުކޮށްފިއެވެ.

ރަޝިޔާގެ ދިފާޢީ ވުޒާރާއިން މި ކަމާ ބެހޭގޮތުން ނެރުނު ބަޔާން ބުނާގޮތުގައި ރަޝިޔާގެ އިއްތިޙާދުގެ ދިފާޢީ ވަޒީރުގެ ނައިބުކަމުގެ މަޤާމަށް ޖެނެރަލް މީޚާއީލް މިޒެންޓްސޭވް މިއަދު ވަނީ އިސްކޮށްފައެވެ. އޭނާގެ މަސްއޫލިއްޔަތަކަށް ވާނީ ރަޝިޔާގެ ލަޝްކަރުގެ ލޮޖިސްޓިކް ކަންތައް ބެލެހެއްޓުން ކަމަށް މި ބަޔާން ބުންޏެވެ. ނައިބު ވަޒީރުކަމަށް އިސްކުރެވުނު ޖެނެރަލް ކުރިން ހުންނެވީ ޤައުމީ ދިފާޢީ މަސައްކަތްތައް ބަލަހައްޓާ މަރްކަޒުގެ ރައީސްކަމުގައެވެ.

ފަހަކަށް އައިސް ޔުކްރޭން ސިފައިން ވަނީ ރޫސީން ހިފައިފައިވާ ޔުކްރޭނުގެ އިރުމައްޗާއި ދެކުނުގެ ސަރަޙައްދުތަކުން ވަރަށް ބޮޑު ބައެއް އަނބުރާ ހިފައިފައެވެ. ކިޔީވުން މިހާރު މަސައްކަތް ކުރަމުންދަނީ ރޫސީ ސިފައިންގެ ކުރިއެރުންތައް ހުއްޓުވުމަށެވެ.

ފެންނަނުފެންނަ ވޯޓު ނެގުމުގެ މަސައްކަތް

އަނެއްކޮޅުން ބަލާއިރު ޔުކްރޭނުން ވަކިވެގަނެ މިނިވަންކަން އިޢުލާންކޮށްފައިވާ ޑޮނެސްޓްކާއި ލޮގާންސްކާއި ރަޝިޔާއިން ހިފައިފައިވާ ޚަރްސަނާ ޒަބަރޯޖިޔާ ރޫސީ އިއްތިހާދުގައި ބައިވެރިވުމާ ބެހޭ ގޮތުން ނަގަން ހަމަޖެހުނު ފެންނަ ނުފެންނަ ވޯޓު ނެގުމުގެ މަސައްކަތް މިއަދުވެސް ކުރިއަށް އެބަ ދެޔެއެވެ. މި ވޯޓުން ނަގަން ފެށުނީ އިއްޔެއެވެ. މި ވޯޓާ ދެކޮޅު ހައްދަވަމުން އެމެރިކާގެ ރައީސް ބައިޑްން ވިދާޅުވި ގޮތުގައި އެމެރިކާއިން މި ވޯޓުގެ ނަތީޖާ ބަލައެއް ނުގަންނާނެއެވެ. އޭނާ ވިދާޅުވި ގޮތުގައި މިއީ ޞުވަރީ ކަމެކެވެ.
އަނެއްކޮޅުން ރޫސީ ރައީސް ޕޫޓިން އިންޒާރު ކުރައްވާ ގޮތުގައި ރަޝިޔާގެ ބިމާއި ސިޔާދަތު ރައްކައުތެރިކުރުމަށް ޓަކައި މޮސްކޯއިން "ހުރިހާ ބާވަތެއްގެ ހަތިޔާރު" ބޭނުންކުރާނެއެވެ. ރަޝިޔާގެ ކުރީގެ ރައީސް މެޑްވެޑީވް އޭނާގެ ޓްވިޓަރުގައި ވިދާޅުވި ގޮތުގައި މި ހަތިޔާރުގެ ތެރޭގައި "އިސްތިރާތީޖީ ނިޔުކްލިއަރ ހަތިޔާރު" ވެސް ހިމެނޭނެއެވެ.

މި ދިޔަ ބުރާސްފަތި ދުވަހު ރަޝިޔާއިން ވަނީ ޔުކްރޭން ހަނގުރާމައަށް ވާގިވެރިވުމަށް ޓަކައި 300 ހާސް ސިފައިން ޢަސްކަރީ ޚިދްމަތަށް ވެއްދުމުގެ މަސައްކަތް ފަށައިފައެވެ. މި ޤަރާރާ ވިދިގެން ރަޝިޔާގެ ވަރަށް ގިނަ ޒުވާނުން ޤައުމުން ބޭރަށް ދާން ވަނީ ފަށައިފައެވެ. މިއަދު ރައީސް ޕޫޓިން މި ކަން ހުއްޓުވުމަށް ޓަކައި ވަނީ އަމުރެއް ނެރުއްވައިފައެވެ. މި އަމުރު ބުނާގޮތުގައި ޢަސްކަރީ ޚިދްމަތަށް ފިލާ މީހުން 10 އަހަރު ދުވަހަށް ޖަލަށް ލާނެނެއެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *