Support Us

ޒަމާނުގެ ހެޔޮ ދަންފަޅި ނިމުނީއެވެ!

ޒަމާނުގެ ދަންފަޅިން ހެޔޮބައި މިހާރު ހިނގައްޖެޔޭ ނިމިގެން
އަމާޒު ހިފާންވި މިޞްރާބުން އުޅަނދުތައް ގޮސްފިޔޭ ބެހިގެން

ކިޔާ ޙަރުބިއްޔަ ކާފިރަކަސް ތެދެއް ނޫނީ އިހަށް ނުބުނޭ
ކިޔާ ސިޔަރަތުގެ ފަތްފުށަކުން ދެޔޭ ހެކި ހިރަޤުލާ ގުޅިގެން

ޢަދާވާތްތެރި ކަމާއެކު ވެސް ސުވާލަށް ތެދު ޖަވާބު ތަކުން
އަދާކުޅަ ޙައްޤު ބަސްތަކުގައި އަބޫސުފްޔާނު ޚާއްޞަ ވެގެން

މިހާރަށް އޭގެ ޛައްރެއްވެސް ނެތޭ މީހެއްގެ ޚުލުޤެއްގައި
އިހާއި މިހާރު ހުރި ފަރަޤުން އެކަންވޭ އެނގި ބަޔާން ވެވިގެން

ދެކޮޅުވެރި ވެެއްޖެ ދެމެދެއްގައި ނުވޭ އަބުރާއި ޤަދަރެއްވެސް
ދެކޮޅު ދުނިޔޭގެ ބެލި ވަރަކަށް މިކަންކަން ދާނެޔޭ އެނގިގެން

ވެރީންނަށް ބޯލަނބާން އެންގެވި އިލާހީ އަމުރުފުޅު ނުބަލައި
މެރީޔޭ ލޯ އެމާތް ޙުކުމަށް ޒަމާނުގެ އޮއިވަރާ ޖެހިގެން

ބައެއް ޙުކުމަށް ތަޅައި ފޮޅަމުން ބައެއް ޙުކުމަށް ދެލޯ މަރަމުން
މައެއް ބަފައެއްގެ ޙުރުމަތްތެރި ބަހަށް ކިޔަމަންވެވުން ނެތިގެން

އެމީހާނޫން އެހެން އެންމެން އުޅޭގޮތް ގޯސްކަމަށް ދެކެވޭ
ދެމީހަކު އެއްގަލަށް ނާރާ ތަފާތުން ބިންވަނީ ފުރިގެން

ފަހުގެ
މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
އިތުރު ޅެންތައް
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *