Support Us

ރަޝިޔާގެ ޢަސްކަރީ ޚިދްމަތަށް އިތުރު މީހުން ނެރުމަށް ޕޫޓިން އަމުރުކުރައްވައިފި

ރަޝިޔާއިން ޔުކްރޭނަށް ދެމުން ގެންދާ ޢަސްކަރީ ޚާއްޞަ ޙަމަލާތަކާ ބެހޭގޮތުންނާއި ރަޝިޔާއިން ހިފާފައިވާ ޔުކްރޭނުގެ ޚަރުސޫނާއި ޒަބަރޯޖިޔާއާއި ޔުކްރޭނުގައި މިނިވަންކަން އިޢުލާނުކޮށްފައިވާ ޑޮނެޓްސްކާއި ލޮގަންސްކް ރަޝިޔާގެ އިއްތިޙާދުގައި ހިމެނޭ ބައިތަކެއް ކަމަށް ހެދުމާ ބެހޭގޮތުން ރޫސީ ރައީސް ޕޫޓިން މިއަދު ރަޝިޔާގެ ރައްޔިތުންނާ މުޚާޠަބު ކުރައްވާ ރަސްމީ ޚިޠާބެއް ދެއްވައިފިއެވެ.

ޕޫޓިން ވިދާޅުވިއެވެ. "ކިޔީވް އިދާރިއްޔަތުން މިހާރު ވަނީ ރޮސޮފޯބިޔާ (ރޫސީންދެކެ ބިރުގަންނަ ބަލި) އެމީހުންގެ އެންމެ ބޮޑު ހަތިޔާރަކަށް ހަދައިފައެވެ. އެ ސަރުކާރުން ވަނީ ޔުކްރޭނުގެ ރައްޔިތުން އެ ނިޒާމުގެ ބަނޑީގެ ވަޒަންތަކަށް ހަދައިފައެވެ.އޭނާ ވިދާޅުވި ގޮތުގައި މި ހަނގުރާމަ 2014 ގައި ފެށީ ކިޔީވްގެ އިދާރިއްޔަތުންނެވެ.

ކިޔީވްގެ އިދާރިއްޔަތުން މި ވަނީ ހަތިޔާރެއްނެތި ހުސްއަތާ ތިބި ޔުކްރޭން ރައްޔިތުންގެ މޫނުމައްޗަށް ބަޑީގެ ވަޒަން އަމާޒުކޮށްފައެވެ.

ދެހާސް ސާދަ ވަނަ އަހަރުގެ އިންޤިލާބާ ދެކޮޅުހަދާ ފަރާތްތަކާ ދެކޮޅަށް ކިޔީވްގެ އިދާރިއްޔަތުން ދަނީ ޢާންމު ރައްޔިތުން ޙިޞާރުކޮށްގެން ނިރުބަވެރި ޢަމަލުތަކާއި ނަސްލުތައް ފުހެ ނައްތައިލުމުގެ ޖަރީމާތައް ހިންގަމުންނެވެ.

ޕޫޓިން ވިދާޅުވި ގޮތުގައި ރަޝިޔާއިން ޔުކްރޭނުގެ ބިންތައް މިނިވަން ކުރަމުންދާނީ ފިޔަވައްސަކުން ފިޔަވައްސަކުންނެވެ.

ޕޫޓިން ވިދާޅުވި ގޮތުގައި ހުޅަނގުގެ ޒިންމާދާރުކަން ކުޑަ ސރުކާރުތަކުން ހަމައެކަނި ޔުކްރޭނަށް ހަތިޔާރު ދޭނަމޭ ބުނަނީއަކީއެއް ނޫނެވެ. މިހާރު ކިޔީވްގެ އިދާރިއްޔަތުން ހުޅަނގުގެ ދުރު ރާސްތާ ހަތިޔާރުތައް ބޭނުންކޮށްގެން ރަޝިޔާގެ ކްރެމިޔާއާއި ބެލްގޮރޯޑާއި ކޮރަސްކްގެ ބައެއް ސަހަރުތަކަށް ވެސް ނިރުބަވެރި ޙަމަލާތައް ވެސް ވަނީ ދޭން ފަށައިފައެވެ.

ޢަސްކަރީ ރިޒަރވުންނަށާއި ހަނގުރާމަ ކުރުމުގެ ތަޖްރިބާ ހުރި މީހުންނަށް ޢަސްކަރީ ޚިދްމަތަށް އައުމަށް ގޮވައިލެއްވުން

ރޫސީ ރައީސް ޕޫޓިން މިއަދު އިޢުލާން ކުރެއްވި ގޮތުގައި ސެޕްޓެންބަރު 21ން ފެށިގެން ރިޒަރވް ބާރުން ބަޔަކާއި ހަނގުރާމަ ކުރުމުގެ ތަޖްރިބާ ލިބިފައިވާ މީހުންގެ ތެރެއިން ރޫސީ ލަޝްކަރާ ގުޅެން ބޭނުންވާ މީހުން ޢަސްކަރީ ޚީދްމަތަށް ގެނައުމުގެ ޙަރާކާތްތައް ފެށޭނެއެވެ. އޭނާ ވިދާޅުވިގޮތުގައި މި ޚާއްޞަ ފިޔަވަޅުގެ ދަށުން އެމީހުންނަށް ތަމްރީނު ދެވޭނެއެވެ. ހަނގުރާމަކުރުމުގެ ހެވިކަމާއި ޒަމާނީ ހަތިޔާރުތައް ބޭނުންކުރާން ދަސްކޮށް ދެވޭނެއެވެ.

ޕޫޓިން ވިދާޅުވިއެވެ. "އަހަރެމްންނަށް ހުޅަނގުން އިވެނީ ރަޝިޔާއަށް ބިރުދައްކާ އަޑުތަކެވެ. ބްރަސަލްސްއާއި ވޮޝިންގްޓަނުން ކިޔީވަށް ހިތްވަރު ދެނީ ޢަސްކަރީ ޢަމަލުތައް އަހުރެމެންގެ ބިމުގެ ތެރެއަށް އަމާޒު ކުރުމަށެވެ."

ޕޫޓިން ވިދާޅުވި ގޮތުގައި ހުޅަނގަށް ލިބިފައިވާ އެންމެހާ ވަސީލަތްތައް ބޭނުންކޮށްގެން މުޅި ރަޝިޔާ ނައްތައިމުގެ ވާހަކައަކީ ސިއްރެއް ނޫނެވެ. އެމީހުން ބޭނުންވަނީ ރަޝިޔާގެ ސިޔާސީ އިޤްތިޞާދީ ސަޤާފީ ސިޔާދަތު ނިގުޅައިގަތުމަށެވެ.

ހުޅަނގުން ދަނީ ނިޔްކްލިއަރ ކަޅުމޭލު ކުރަމުން

ހުޅަނގުން ބުނެގެން ޒަބަރޯޖިޔާ ނިޔުކްލުއަރ އިސްޓޭޝަނަށް ކިޔީވުން ދެމުން ދާ ޙަމަލާތަކުގެ ސަބަބުން ނިޔުކްލިއަރ ކާރިސާއެއްގެ ބިރު އެބައޮތްކަމަށް ޕޫޓިން ވިދާޅުވިއެވެ. ޕޫޓިން ވިދާޅުވި ގޮތުގައި މީގެއިތުރަށް ނޭޓޯގެ ބައެއް މަސްއޫލުވެރީން ދަނީ ރަޝިޔާއާ ދެކޮޅަށް ނިޔުކްލިއަރ ބިޔަ ހަތިޔާރު ބޭނުންކުރާން ޖެހިދާނެކަމަށް ފާޅުގައި ވިދާޅުވަމުންނެވެ. ޕޫޓިން ވިދާޅުވިއެވެ. "އަހުރެން މިފަދަ މީހުންނަށް ހަދާންކޮށްދޭން ބޭނުން ވަނީ އަހުރެމެންގެ އަތުގައި ވެސް އެ ފަދަ ނިޔުކްލިއަރ ބިޔަ ހަތިޔާރު އެބަހުއްޓެވެ. އަހުރެމެންގެ އަތުގައި ހުރި ހަތިޔާރު ނޭޓޯގެ ބައެއް ޤައުމުތަކުގެ އަތުގައި ހުންނާނެހެނެއް ހީއެއް ނުވެއެވެ."

ޕޫޓިން ނޭޓޯއަށް އިންޒާރު ދެއްވަމުން ވިދާޅުވިއެވެ. "އަހުރމެންގެ ބިމުގެ ސިޔާދަތަށް ނުރައްކަލެއް ކުރިމަތިވެއްޖެނަމަ މި ހަތިޔާރުގެ ބޭނުން ކުރާނެކަން ދަންނާން ވާނެއެވެ. މިއީ އެއްވެސް އޮޅުވައިލުމެއް އޮތް ކަމެއް ނޫނެވެ."

 

 

 

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *