Support Us

@ƒIƒ“ƒ‰ƒCƒ“‚Å“ú–{ƒƒfƒBƒA‚Ƃ̃Cƒ“ƒ^ƒrƒ…[‚ɉž‚¶‚鍑˜A‚̃OƒeƒŒƒXŽ––±‘’·‚X“úA•ăjƒ…[ƒˆ[ƒN‚̍‘˜A–{•”i‘˜A’ñ‹ŸA‹¤“¯j

ކަޅުކަނޑު ހުރަސްކޮށް ޔުކްރޭނުގެ ގޮވާން ބޭރުކުރުމާ ބެހޭ އެއްބަސްވުމަށް އދ. ތާއީދު

ކަޅުކަނޑު ހުރަސްކޮށް ޔުކްރޭނުގެ ގޮވާން ބޭރުކުރުމާ ބެހޭ އެއްބަސްވުމަށް އދގެ އަމީން ޢާންމު އެންޓޯނިޔޯ ގުޓަރެޝް ތާރީފު ކުރައްވައިފިއެވެ.

އދ.ގެ ޢާންމު ޖަމްޢިއްޔާގެ 77ވަނަ ދައުރު އިފްތިތާޙުވެގެން ދިޔަ ޖަލްސާގައި އޭނާ ވިދާޅުވިގޮތުގައި ތުރްކީ މެދުވެރިވެގެން މި ކުރެވުނު ކާމިޔާބު މަސައްކަތަކީ "ގިނަ ފަރާތްތަކެއްގެ ޑިޕްލޮމެސީ"ގެ ފޮނި ނަތީޖާއެވެ. އޭނާ ވިދާޅުވިގޮތުގައި ވަރަށް ގިނަ ބަޔަކު ފާހަގަކުރިގޮތުގައި އެއީ "މުޢުޖިޒާތެ"ކެވެ.

ގުޓަރެޝް ވިދާޅުވިއެވެ. "ތުރްކީގެ ވާގިވެރިކަމާއެކު ހުޅުވުނު ކަޅުކަނޑުގެ ގޮވާމުގެ މަގަކީ ކާބޯތަކެއްޗަށް ވަރަށް ބޮޑަށް ބޭނުންވެފައިވާ ޤައުމުތަކަށް ގޮވާން ފޯރުކޮށްދިނުމުގެ މަގު އާގުބޯޓުތަކަށް ހުޅުވައިލަ ދިން އިސްނެގުމެކެވެ. ބައެއް މީހުން މި މަސައްކަތަށް މުޢުޖިޒާތެކޭ ކިޔަސް ޙަޤީޤަތުގައި އެއީ ގިނަ ފަރާތްތަކެއް ބައިވެރިވި ޑިޕްލޮމަސީއެކެވެ."

ގުޓަރެޝް ވިދާޅުވިއެވެ. "ތުރްކީ މެދުވެރިވެގެން މި މަސައްކަތް ކުރުމަށް ޓަކައި ރަޝިޔާއާއި ޔުކްރޭން ބައިވެރިވެގެން ބައްދަލުވުންތައް ބޭއްވިއެވެ. ހަނގުރާމަ ހިނގަމުންދާ ސަރަޙައްދެއްގެ ތެރޭގައި ބޯޓުފަހަރަށް އަމާންކަމާއެކު ދަތުރުކުރެވޭނެ މަގު ކޮށުނީ މި އެއްބަސްވުމުގެ ސަބަބުންނެވެ. މި އިސްނެގުމަކީ މީގެ ކުރީން ފެނިފައި ނުވާ ފަދަ މުހިއްމު އިސްނެގުމެކެވެ. މި ކަމުގެ ސަބަބުން ކާބޯތަކެތި ތަނަވަސްވެ ބާޒާރަށް ހަމަޖެހުން އައެވެ. މުދަލުގެ އަގު ހެޔޮވިއެވެ. ކުރިމަގު އަމާން ވިއެވެ."

އޭނާ ވިދާޅުވި ގޮތުގައި މި ބޯޓުތަކުގައި އުފުލެނީ އެންމެ ނާދިރު މުދަލެވެ. އެއީ "އުންމީދު" ކަމަށް އޭނާ ވިދާޅުވިއެވެ. ދުނިޔެއާ ކުރިމަތިވެފައިވާ ކާބޯތަކެތީގެ ދަތިކަން ޙައްލު ކުރުމަށް ޓަކައި މަސައްކަތް ކުރާން ޖެހިފައިވާ ކަމަށް ގުޓަރެޝް ވިދާޅުވިއެވެ. ދުނިޔެއާ ކުރިމަތިވެފައިވާ ކާދުގެ މަސްއަލަ ޙައްލު ކުރުމަށް ޓަކައި މަސައްކަތް ކުރުމަށް އޭނާ ދުނިޔެއަށް ގޮވައިލެއްވިއެވެ. އޭނާ ވިދާޅުވި ގޮތުގައި ކާދުގެ ޢާލަމީ މަސްއަލަ ޙައްލު ނުކުރެވިއްޖެނަމަ މިއަންނަ އަހަރު ދުނިޔެއާ ކާބޯތަކެތީގެ ދަތިކަން ތަޙައްމުލު ކުރާން ޖެހޭނެ ކަމަށް އޭނާ ވިދާޅުވިއެވެ.

ހުރަސްތައް ނައްތައިލުން

ގުޓަރެޝް ވާހަކަފުޅު ކުރިއަށް ގެންދަވަމުން ވިދާޅުވިއެވެ. "ރޫސީވިލާތުގެ ކާދު ބޭރުކުރުމާ ބެހޭގޮތުން ކުރިމަތިވެފައިވާ ހުރިހާ ހުރަސްތަކެއް ނައްތައިލެވެން އެބަ ޖެހެއެވެ. މި މަސްއަލަ ޙައްލު ކުރުމަށް ޓަކައި އަޅުގަނޑުމެން ކުރަމުންދާ މަސައްކަތްތައް ކުރިއަށް އެބަދެއެވެ."

ޖިޔޯސިޔާސީ ބައިބައިވުންތައް

ގުޓަރެޝް ވާހަކަފުޅު ކުރިއަށް ގެންދަވަމުން ވިދާޅުވިއެވެ. "މިއަދު ދުނިޔޭގައި މި އޮތް ޖިޔޯސިޔާސީ ބައިބައިވުންތަކުގެ ސަބަބުން ސަލާމަތީ މަޖިލީހާއި ބައިނަލްއަޤްވާމީ ޤާނޫނު ރޫޅެމުން އެބަ ދެއެވެ." އޭނާ ވިދާޅުވިއެވެ. "އަޅުގަނޑުމެންގެ ދުނިޔެ މި އޮތީ ބޮޑު ފުން ވަޅުގަނޑެއްގެ ތެރެއަށް ވެއްޓިފައެވެ. ދުނިޔެ މި އޮތީ ވާ ވެފައެވެ. ސަލާމަތީ މަޖިލީހާއި ބައިނަލްއަޤްވާމީ ޤާނޫނު ދަނީ ރޫޅެމުންނެވެ. ދީމުޤްރާޠީ މުއްސަސާތަކާމެދު މީސްތަކުން ކުރާ އިތުބާރު ވަނީ ގެއްލިފައެވެ. ބައިނަލްއަޤްވާމީ ހުރިހާ އެއްބާރުލުންތަކެއް ފުޑުފުޑުވެއްޖެއެވެ. މި މަގުން ހިނގައިގެން އަޅުގަނޑުމެންނަށް ކުރިއަށް ފިޔަވަޅެއް ނޭޅޭނެއެވެ."

އޭނާ އަދި ވިދާޅުވިއެވެ. "ކޮންމެވެސް އެއް މަރްޙަލާއެއްގައި ބައިނަލްއަޤްވާމީ ގުޅުންތައް ދެ ތަނޑިއަކާ ދިމާއަށް އެނބުރެމުން ދިޔަތަން ފެނިފައި ވެއެވެ. އެހެނަސް މިހާރު ފެންނަނީ އެއްވެސް ތަނޑިއެއްނެތް ދުނިޔެއަކަށް އަޅުގަނޑުމެންގެ ދުނިޔެ ބަދަލުވަމުންދާ ތަނެވެ. އެއްބާރުލުމެއް ނެތެވެ. ވަހަކަދެއްކުމެއް ނެތެވެ. އެއްވެސް މަސްއަލައަކަށް ޖަމާޢީ ޙައްލެއް ނެތެވެ. އަޅުގަނޑުމެންގެ ކުރިމަތީގައި އޮތް ހަމައެކަނި މަގަކީ ވާހަކަދެއްކުމެވެ. އެކަހެރި ގޮތެއްގައި މަސްއަލަތް ޙައްލު ކުރުމަށް ޓަކައި ނިންމުންތައް ނިންމޭ ވަރުގެ ބާރެއް އަދި ޖަމާޢަތެއް ނެތެވެ. އަޅުގަނޑުމެން މިއަދު ވަނީ ދުނިޔެއިން އެއްބާރުލުމަކަށް ބޭނުންވެފައެވެ."

އެއްބާރުލުން ބޭނުންވާ އަވަސް ތިން ކަމެއް

އދ ގެ އަމީންޢާންމުގެ ވާހަކަފުޅުގައި އަވަސް އެއްބާރުލުމަކަށް ދުނިޔެ ބޭނުންވާ ތިން މައިދާނެއް ފާހަގަ ކުރެއްވިއެވެ. އެންމެ އިސްކަމަކީ ސުލްޙައަށް ޓަކައި ބޭނުންވާ އެއްބާރުލުން ޤާއިމު ކުރުންކަމަށް އޭނާ ވިދާޅުވިއެވެ. ޔުކްރޭނާ ދެކޮޅަށް ރަޝިޔާ ކުރަމުންދާ ހަނގުރާމައާ ބެހޭގޮތުން ވާހަކަފުޅު ދައްކަވަމުން ވިދާޅުވިއެވެ. "މި ހަނގުރާމައިގެ ތެރޭގައި އިންސާނިއްޔަތާ ޚިލާފު ބޮޑެތި އެތައް ކަމެއް ވަނީ ހިނގައިފައެވެ. ވަރަށް ފުޅައު ދާއިރާއެއްގައި ޚަރާބު ވަނީ ފެތުރިފައެވެ."

އަފްޣާނިސްތާނަށް ބައްލަވައިލައްވަމުން ވިދާޅުވިއެވެ. "އެ ޤައުމުގެ އިޤްތިޞާދު އޮތީ ޚަރާބުވެފައެވެ. އަފްޣާނިސްތާނުގެ ދެބައި ކުޅަ އެއްބައި މީހުން ތިބީ ބަނޑަށް ޖެހިފައެވެ. އިންސާނީ ޙައްޤުތައް އޮތީ އިހްމާލު ކުރެވިފައެވެ. ޚާއް ޞަކޮށް އަންހެނުންގެ ޙައްޤުތައް ވަނީ ގެއްލިފައެވެ."

ބައިނަލް އަޤްވާމީ ބައެއް މަސްއަލަތަކާ ބެހޭގޮތުން ވާހަކަފުޅު ދައްކަވަމުން ވިދާޅުވިއެވެ. "ލީބިޔާ ދެކެމުންދާ ބައިބައިވުންތަކުގެ ސަބަބުން އެ ޤައުމު ވަނީ ހަލާކުވުމަށް ހާސާވެފައެވެ. ޢިރާޤުގައި މެދުނުކެނޑި ހިނގަމުންދާ ނުތަނަސް ޢަމަލުތަކުގެ ސަބަބުން އެ ޤައުމުގެ ހަމަޖެހުން ވަނީ ގެއްލިފައެވެ. ފަލަސްޠިނާއި އިސްރާއީލުގައި ހަރުކަށި ޢަމަލުތައް ހުއްޓުމެއްނެތި ދަނީ ދައުރުވަމުންނެވެ. ދެ ދައުލަތުގެ ބިންގަލުގެ މަތީގައި ޞުލްޙަ ޤާއިމުކުރުމާ ބެހޭ ޙައްލު ދުވަހެއް ދުވަހަކަށް ދަނީ ދުރަށެވެ."

އޭނާ އިޝާރާތް ކުރެއްވި ގޮތުގައި ސޫރިޔާގެ މައްޗަށް އަދިވެސް ވެރިވެފައި އޮތީ ހަރުކަށި ޢަމަލުތަކާއި ދަތި އުދަނގޫތަކެވެ. މުޔަމަންމާރުގައި އިންސާނީ ޙާލަތާއި އިންސާނީ ޙައްޤުތަކުގެ ޙާލަތާއި އަމްންއަމާންކަން ދުވަގެއް ދުވަހަކަށް ދަނީ އިތުރަށް ނުބައިވަމުންނެވެ."

މޫސުމީ ބަދަލުތައް

ގުޓަރެޝް ވިދާޅުވި ގޮތުގައި ބައިނަލްއަޤްވާމީ އެއްބާރުލުމަށް ބޭނުންވާ އަނެއް ދެ މައިދާނަކީ "މޫސުމަށް އަންނަމުންދާ ބަދަލުތަކާ ކުރިމަތިލުމާއި އަޙްފޫރީ ހަކަތަ ބޭނުންކުރުން ހުއްޓައިލައި އެންމެން ގުޅިގެން ދެމިހުންނަނިވި ތަރައްޤީގެ ލަޑުދަނޑިތައް ޙާޞިލުކުރުމަށް ޓަކައި މަސައްކަތްކުރުމެވެ."

ގުޓަރެޝް ވާހަކަފުޅު ނިންމަވާ ލައްވަމުން ވިދާޅުވިއެވެ. "މަސްއަލަތަކަށް ޙައްލުތައް ހޯދުމަށް ޓަކައި ގުޅިގެން ޙައްލުތަކެއް ތަރައްޤީކުރުމަށް މަސައްކަތް ފަށަމާ ހިނގާށެވެ! އެންމެން ބައިވެރިވާ ހެޔޮ ނިޔަތާއި އިތުބާރާއި ޙައްޤުތަކުގެ ތެރެއިންނެވެ. އެންމެން އެކުގައި މަސައްކަތް ކުރަމާ ހިނގާށެވެ! ދުނިޔޭގެ އެއްބާރުލުމެއްގެ ގޮތުގައެވެ. އެކުވެރި ދައުލަތްތަކެއްގެ ގޮތުގައެވެ."

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *