Support Us

ލުބްނާނަށް ލިބެންޖެހޭ ޙައްޤުތައް ނުލިބެނީސް އިސްރާއީލުން ކެރިޝް ދަނޑުން ގޭސް ނެގުމަކީ ރަތް ރޮނގު: ނަޞްރުﷲ

ލުބްނާނަށް ލިބެން ޖެހޭ ޙައްޤުތައް ނުލިބެނިސް އިސްރާއީލުން ކެރިޝް ދަނޑުން ގޭސް ނެގުމަކީ ރަތްރޮނގެއް ކަމަށް ލުބްނާނުގެ ޙިޒްބުﷲ ޖަމާޢަތުގެ އަމީން ޢާންމު ނަޞްރުﷲ ވިދާޅުވެއްޖެއެވެ.

އޭނާ އިސްރާއީލަށް އިންޒާރު ދެއްވަމުން ވިދާޅުވިއެވެ. "މިހެންވެ އަހުރެމެން މި ތިބީ ލޯތައް ހުޅުވައިގެންނެވެ. އަހުރެމެންގެ ރޮކްޓްތައް ވެސް ހުރީ އަމާޒުކުރެވިފައެވެ."

ލުބްނާނުގެ ބަޢުލަބަކު ސަހަރުގައި ޙުސައިނުގެފާނުގެ ސާޅީހީ  ޒިކްރާ ފާހަގަކުރުމަށް ޙިޒްބުﷲ އިން ބޭއްވި ހިނގައިލުމެއްގައި ވާހަކަފުޅު ދައްކަވަމުން ވިދާޅުވިއެވެ. "ލުބްނާނު އެދެމުންދާ އެ ޤައުމުގެ ޙައްޤުތައް ލިބުމުގެ ކުރީން ކެރިޝް ދަނޑުން ތެލާއި ގޭސް ނެގުމަށް އަހުރެމެން އިސްރާއީލު ދޫކޮށެއް ނުލާނަމެވެ."

އިސްރާއީލުގެ މަސްއޫލުވެރީން ވިދާޅުވެފައިވާ ގޮތުގައި އިސްރާއީލުން މި ދަނޑުން ތެލާއި ގޭސް މި މަހުގެ ތެރޭގައި ނަގަން ފަށާނެއެވެ. ނަމަވެސް އިސްރާއީލުން މިހާރު ވަނީ މި ކަން ފަސްކޮށްފައެވެ. ނަޞްރުﷲ ވިދާޅުވިއެވެ. "ކޮންމެ ގޮތަކަށް އެމީހުން ބުންޏަސް ލުބްނާނަށް އެ ދަނޑުން ލިބެން ޖެހޭ ޙައްޤުތައް ލިބުމުގެ ކުރީން އިސްރާއީލަށް އެ ދަނޑުން ގޭހެއްވެސް އަދި ތެލެއް ވެސް ނުނެގޭނެއެވެ."

ނަޞްރުﷲ ވިދާޅުވިއެވެ. "އަހަރެމެންނަށް ބަލާއިރު ރަތްރޮނގަކީ އެ ދަނޑުން ގޭސް ނުވަތަ ތެޔޮ ނަގާން ފެށުމެވެ." ނަޞްރުﷲ އިތުރަށް ވިދާޅުވިއެވެ. "މި ފައިލަކީ އެހެން އެއްވެސް ފައިލަކާ ގުޅުން އޮތް ފައިލެއް ނޫނެވެ."

ނަޞްރުﷲ ވިދާޅުވިއެވެ. "ދުޝްމަނުންގެ ބިރުދެއްކުންތަކަށް އަހުރެމެން ނުސިހޭނެއެވެ. އަހަރެމެންގެ ތުނބުޅިން އެންމެ އިސްތަށްޓެއް ވެސް ނުވެއްޓޭނެއެވެ." ވާހަކަދައްކައިގެން މަސްއަލަ ޙައްލު ކުރުމަށް ފުރްޞަތު ދިނުމަށް ނަޞްރުﷲ އިސްރާއީލަށް ގޮވައިލެއްވިއެވެ. "އަހުރެމެންގެ ލޯތަކާއި ރޮކެޓްތައް ހުއްޓިފައި ހުރީ  ކެރިޝް ދަނޑާ ދިމާއަށެވެ."

ކެރިޝް ދަނޑަކީ އިސްރާއީލާއި ލުބްނާނުގެ ގުޅިފައިވާ ސަރަޙައްދީ ރޮނގުގެ ތެރޭގައި އޮންނަ ތެޔޮ ވަޅެކެވެ. ލުބްނާނުން ބުނާގޮތުގައި މި ވަޅުގެ ބޮޑުބައި އޮތީ އެ ޤައުމުގެ ސަރަޙައްދުގެ ތެރޭގައެވެ.

ލުބްނާނުގައި ހިނގަމުންދާ ބޭންކު ގަޑުބަޑާ ބެހޭގޮތުން ވާހަކަފުޅު ދައްކަވަމުން ނަޞްރުﷲ ވިދާޅުވި ގޮތުގައި މި މަސްއަލަ ސަލާމަތީ ފިޔަވަޅުތަކުން ޙައްލެއް ނުކުރެވޭނެއެވެ. އެހެނަސް މި މަސްއަލަ ޙައްލު ކުރެވޭނީ މި ގަޑުބަޑަށް ޙަޤީޤީ ޙައްލެއް ހޯދުމަށް ޓަކައި މަސައްކަތްކޮށް ފިޔަވަޅުތައް އަޅައިގެންނެވެ.

ލުބްނާނުގައި ސަރުކާރެއް ޤާއިމު ނުކުރެވި ދިގުލަމުން ދިޔުމުގެ ސަބަބުން ޤައުމު ގަޑުބަޑުވަމުންދާކަމަށް ވިދާޅުވެ ލުބްނާނު  ސަލާމަތް ކުރުމަށް ޓަކައި އެންމެން ދޫދީގެން ތެދުވެރިކަމާއެކު ސަރުކާރެއް އެކުލަވައިލުމަށް ތެދުވުމަށް ނަޞްރުﷲ ލުބްނާނުގެ ސިޔާސީ ޕާޓީތަކަށް ގޮވައިލެއްވިއެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *