Support Us

ކޮލަމް ކޯދު: މުސްލިމުންނަށް ކުރިމަތިވެފައިވާ ޒަމާނުގެ ގޮންޖެހުން

ކީރިތި ޤުރުއާނުގެ ތައުލީމާތުތައް ގުޅެނީ މުއުމިނާގެ ފަރުދީ ހަޔާތާއި އަދި އޭނާގެ މުޖުތަމައުގެ ކަންތައްތައް ރާވައި އިންތިޒާމު ކުރާނެ ގޮތާ އެވެ. މި ތައުލީމާތުތައް ކީރިތި ޤުރްއާނުގައި އައިސްފައިވަނީ އެކި ސިފައިގައެވެ. ބައެއް ފަހަރު ހިއްސީ ސިފައެއްގައެވެ. އަނެއްބައި ފަހަރު މައުނަވީ ސިފައެއްގައި އުސޫލުތަކެއްގެ ގޮތުގައެވެ. ބައެއް ފަހަރު އެ ތައުލީމާތުތައް އިބާރަތް ކުރެވިފައިވާ ގޮތުގެ ލަފްޒީ މާނައަށް ބާރުލެވި، ލަފްޒީ މާނައަށް އިސްކަން ދެވިގެންނެވެ. އަނެއްބައި ފަހަރު އެތައުލީމާތުތަކުން ގަސްދުކުރެވޭ އަމާޒުފަތްގަނޑަށް ބާރުލެވި އެކަމަށް އިސްކަން ދެވިގެންނެވެ.

ކީރިތި ޤުރްއާނުގައި ބަޔާންކުރެވިފައިވާ ތައުލީމާތުތަކަށް، ފުރިހަމަ ހިއްސީ ސިފައެއް، ތަފްސީލީ ގޮތެއްގައި، އިސްލާމީ ފިޤުހުގެ އުނގަންނައިދިނުން ތަކުގައި ބަޔާންކޮށްދިފައިވެއެވެ. އިސްލާމީ މާއްދީ-މަސްދަރުތައް (ކީރިތި ޤުރްއާން އާއި ކީރިތި ރަސޫލާގެ ސުންނަތް) އަދި މި މާއްދާ މާނަކުރުމަށް އެހީވެދިން ވަސީލާތްތަކުގެ (އިޖްތިހާދު-ޤިޔާސް އަދި އިޖުމާޢުގެ) އަލީގައެވެ. އަދި ވަކި ދުވަސްވަރެއްގެ އިންސާނީ ހަޔާތުގެ ކަންތައްތައް ހުރި ގޮތުގެ މައްޗަށްވެސް ބެލެވިގެންނެވެ.

މިއަދު، އިންސާނީ ހަޔާތުގެ ކަންތައްތަކަށް، ވަނީ ބޮޑެތި ބަދަލު ތަކެއް އައިސްފައެވެ. އިންސާނުންގެ ވިސްނުމާއި ފިކުރަށެވެ. އޭނާ ގަބޫލުކުރާ ބައެއް އަގުތަކަށެވެ. އޭނާ ކަންތައްކޮށް އުޅޭ ގޮތްތަކަށެވެ. މިސާލަކަށް އިންސާނުން އަޅުވެތި ކުރުމާއި އަޅުން ގެންގުޅުމަކީ އެއްދުވަސް ވަރެއްގައި ހަމަ އެންމެ ރަނގަޅުކަމެވެ. ނަމަވެސް މިކަންވަނީ މިއަދު ބަދަލުވެފައެވެ. އިސްލާމީ ފިގުހުގައި މިކަން ހުއްދަކުރެވިފައި އޮތަސް ވެހެވެ. މިބަދަލުތައް އަންނާންފެށީ ގާތްގަނޑަކަށް މީލާދީ ސަނަތުން 18 ވަނަ ގަރުނުގެ ހިސާބުން ފެށިގެންނެވެ.

އާދެ، 'މޮޑާރނިޓީ' ނުވަތަ 'ޙަދާޘުގެ' ނަމުން ނަންދެވޭ ޒަމާނީ މިބަދަލުގެ އަލީގައި ކީރިތި ޤުރްއާނުގެ ތައުލީމާތުތައް އަލުން މާނަކޮށް، އިސްލާމީ ފިގުހު އިލްމު ތަޖުދީދުކޮށް، އާކުރުމަކީ މިއަދު މުސްލިމުންނަށް ކުރިމަތިވެފައިވާ އެންމެ ބޮޑު ޗެލެންޖު ކަމުގައި، ގޮންޖެހުން ކަމުގައި، މިމައްސަލަ ބަހުސް ކުރައްވާ އިސްލާމީ ދިރާސާތުގެ މުސްލިމު އިލްމުވެރިން ވިދާޅުވެއެވެ. އާދެ، ހިޖުރީ 15 ވަނަ ގަރުނު ގޮވަމުން ދަނީ މިފަދަ މުޖައްދިދުން މުސްލިމުންގެ ތެރެއިން އުފަންވުމަށެވެ!

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
1

2 Responses

  1. އާއްމުކޮށް ބޭނުންނުކުރާ އަރަބި ބަސްބަހުގެ މާނަ ލިޔެލުން ރަނގަޅު. ނޫސްކިޔާނީކީ ހަމައެަނި ޢިލްމުވެރިންނެއް ނޫން އިނގޭތޯ!!!

    1. ޝުކުރިއްޔާ!
      ތި ފާހަގަކުރެއްވި މައްސަލަ ނޯޓުކޮށްލައިފިން. އިރާދަކުރެއްވިއްޔާ، މިލިޔުމުގައި ގެނެވިފައިވާ އެ ފަދަ ލަފްޒުތައް ވެސް، މި މައްސަލައާ ގުޅޭ އެހެން، ލިޔުމެއްގައި، ސާފުކޮށްދެވޭތޯ މަސައްކަަތްކޮށްލާނަން.

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *