Support Us

ޕޫޓިންގެ ބައްދަލުވުމަކީ މޭވާ ނުކުތް ބައްދަލުވުމެއް: އުރްދުގާން

ސަމަރުޤަންދުގައި ބޭއްވި ޝަންހައި އެއްބާރުލުމުގެ ސަމިޓްގެ ހަވާސާމަތީގައި ރޫސީ ރައީސް ޕޫޓިނާއެކު ބޭއްވެވި ބައްދަލުވުމަކީ ވަރަށް މޭވާއެޅި، ވަރަށް ކާމިޔާބު ބައްދަލުވުމެއް ކަމަށް ތުރްކީގެ ރައީސް ރަޖްބު ޠައްޔިބު އުރްދުގާން ސިފަކުރައްވައިފިއެވެ.

އޭނާ ހާމަކުރެއްވި ގޮތުގައި މޮސްކޯއާ އަންކަރާއާ ދެމެދުގައި އިޤްތިޞާދީ އެއްބާރުލުމެއް ޤާއިމު ކުރުމަށް ޓަކައި މިހާރު ވަނީ މަގުޗާޓެއް އެކުލަވައިލެވިފައެވެ. މި އެއްބަސްވުމުގެ ސަބަބުން ރަޝިޔާއާއި ތުރްކީއާ ދެމެދުގައި ބަދަލުކުރެވޭ ވިޔަފާރީގެ މުޢާމަލާތުތައް އަހަރަކު 100 ބިލިއަން ޑޮލަރަށް އިތުރުވެގެންދާނެ ކަމަށް ރައީސް އުރްދުގާން ވިދާޅުވިއެވެ.

ސަމަރުޤަންދުން އެނބުރިވަޑައިގެން ނޫސްވެރީންނާ ބައްދަލު ކުރައްވަމުން ރައީސް އުރްދުގާން ވިދާޅުވިއެވެ. "ސަމަރުޤަންދު ސަމިޓްގެ ހަވާސާ މަތީގައި އަޒަރްބައިޖާނުގެ ރައީސާއި ޗައިނާގެ ރައީސާއި މޮންގޯލިޔާގެ ރައީސާއި އުޒްބަކިސްތާނުގެ ރައީސާއި ރަޝިޔާގެ ރައީސާއި އީރާނުގެ ރައީސްގެ އިތުރަށް އިންޑިއާއާއި ޕާކިސްތާނުގެ ބޮޑުވަޒީރުންނާ ވަކިވަކީން ބައްދަލުކޮށް ބައިނަލްއަޤްވާމީ ތަފާތު މަސްއަލަތަކާ ބެހޭ ގޮތުން މަޝްވަރާކުރެވުނެވެ. މީގެ އިތުރަށް އެ ޤައުމުތަކާ ތުރްކީއާ ދެމެދުގައިވާ ގުޅުންތަކާ ބެހޭގޮތުން ވެސް ބަހުސްކުރެވުނެވެ." މި މަޝްވަރާތަކުގެ ނަތީޖާ ރަނގަޅުވާނެ ކަމަށް އުންމީދު ކުރައްވާ ކަމަށް ވެސް އުރްދުގާން ވިދާޅުވިއެވެ.

ރައީސް އުރްދުގާން މި ސަމިޓްގައި ކުރެއްވި މަސައްކަތްޕުޅުގެ ސަބަބުން ޝަންހައި އެއްބާރުލުމުގެ ފުރިހަމަ މެންބަރުކަން ތުރްކީއަށް ވަރަށް އަވަހަށް ލިބިގެންދާނެއެވެ. މި ޖަމާޢަތުގެ 2023ވަނަ އަހަރުގެ ސަމިޓް ބާއްވާނީ އިންޑިޔާގައެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *