Support Us

ލޯބިވާ ވަރު

ރާގު: ޢަޞްރު ދިޔައީ ގެއްލިގެން….

ޔާރުދެކެ ނުވިނަމަ މިވަރު ލޯތްބެއް ސަލާން ނުޖެހީމުހޭ
ބާރުނެތި ނަފްސާ ފުރާނަ ކަނޑަށް ޣަރަޤު ނުކުރީމުހޭ

* * * * * * *

ސިއްރު ލަހުޖާތަކުގެ ޢަހުދާ ވަޢުދުތައް އެކި ރާގުގައި
އިއްވި ތޫލި އަޑަށް ވަފާތެރި އަހުރެނެއް ނުމެވީމުހޭ
ޔާރު ދެކެ ނުވިނަމަ މިވަރު ލޯތްބެއް…

ގަސްގަހުން ފޮޅުނަސް މަލެެއްގައި ބީހިލައި އަތްވެސްނުލާ
މަސްތުގައި ލޯބީގެ ތިޔަ ޖެހިގެން މިހެން ނުހުރީމުހޭ
ޔާރު ދެކެ ނުވިނަމަ މިވަރު ލޯތްބެއް…

ހަނދުވަރާ ކަޅުފޮއިގެ ރޭރޭ ލޯބިވެތި ފިރުމުން ތަކުން
ހަނދުމަވާ ލޯބީގެ ފޮނި އިޙްސާސް ހިތުން ފޮހެލީމުހޭ
ޔާރުދެކެ ނުވިނަމަ މިވަރު ލޯތްބެއް…

ތަންމަތީގައި ނުނިދިފައި ފުރޮޅޭން އެކަނިވެރިކަންމަތީ
ދަންވަރާ ފަތިހާ މިޙާލަކު މިންޖުނުވެ ނޯތީމުހޭ
ޔާރު ދެކެ ނުވިނަމަ މިވަރު ލޯތްބެއް…

ފޮހެލެވޭން ނެތް ހަނދުމަތައް ޔާރާގެ ދިޔަނަމައީ ފިލާ
އޮހޮރިގެން ޖަޒުބާތުގައި ދާ ކަރުނަތައް ފޮރުވީމުހޭ
ޔާރު ދެކެ ނުވިނަމަ މިވަރު ލޯތްބެއް…

ހިތުގެ ޚާލިޞް ލޯބި ގޮމަޔަށް ނެތްނަމަކަ ކުލުނެއްމަގޭ
ނިތުގެމެދު ދެބުމައިގެ ދެމެދަކުބޮސް މަށެއް ނުދިނީމުހޭ
ޔާރު ދެކެ ނުވިނަމަ މިވަރު ލޯތްބެއް…

ފަހުގެ
މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
އިތުރު ޅެންތައް
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *