ތެދުބަސް ދުލުން ނުބުނެއެއް އިޞްލާޙްކޮށް ހެދޭތޯ
އެދުމެއް އޮތަސް ވެފައި ބޮޑު ދޮގު އިސްކުރުން އޮވޭތޯ
ހިރަޤުލްގެ އަރިއަހަށް ގޮސް މައްކާގެ މުޝްރިކުން ވެސް
ބިރަކާ ނުލައި ބުނީ ވެސް ތެދަކަށް މުޅީން ނުވޭތޯ
ކައުމުޞްޠަފާގެ މަތިވެރި ސިފަފުޅު ތަކުގެ ތެރޭގައި
ފައުޅުވެ ތެދާ އަމާނާތް ބަބުޅާ ވިދާ ނުލައިތޯ
ގައުމުގެ މަތީ ސަފަށްދާން ހިތުލައި ވެފައި ސިޔާސީ
ދައުރަށް ހިނގާ ރިޔާސީ ދޮގު "ގަޅިއުކުން" ރަނގަޅުތޯ
ކަފަހެން ހެދޭ ޅަގަސްގަސް ލަންބާ ގޮތަށް ހެދޭތީ
ޅަފަތުގެ ޒުވާން ކުދީންކޮޅު އެގޮތަށް ލަނބައިލަނީތޯ
ދީނުގެ އުޞޫލު ތަކުގައި ހިތް ސާފުކޮށް ހިފައިގެން
ބީނުވެ ރިވެތިވި ޚުލްޤުން ފޭރާން އަޅާން ނުވޭތޯ
އާޔަތްތަކަށް ނުވާކަން އީމާން ދޮގުގެ ވެރީންނެއް
އާޔަތް ތަކަށް އިލާހީ ބެލުމުން ބަޔާން ނުވޭތޯ