މީހަކު ދެ އަނތްބަށް މީހަކާ އިނެވެ. ދެން، ދޮށީ އަނބި މީހާ ސުލްހަވެރިކުރުވުމަށްޓަކައި އެކަނބުލޭގެ ގާތަށް ގޮސް ވާހަކަ ދެއްކިއެވެ. ތިރީގައި އެވަނީ، ސުލްހަވެރިވުމުގެ ގޮތުން ދެމީހުންނާ ދެމެދު ދެކެވުނު ވާހަކައިގެ ޚުލާސާއެކެވެ.
ފިރިމީހާ: ވަރަށް ވެސް އަދުލުވެރިކަމާއެކު، ކަލޭމޭން ދެ މީހުންނާއެކު ހުރިހާ ކަމެއްވެސް ހަމަޖައްސައިފައި ބާއްވަން އަހަރެން ބޭނުމެވެ. އެހެންވެ، ދެ މީހުން ތިބޭނޭ ދެ ތަން ހަމަޖައްސައިފީމެވެ. އަދި، އެއްރޭ ކަނބުލޭގެއާ އެކު އަދި އަނެއްރޭ ހަނގު އަނތްބާއެކު ވަގުތު ހޭދަކުރާ ގޮތަށް އަހަރެން ނިންމައިފީމެވެ.
ދޮށީ އަނބިމީހާ: ތި ގޮތް އަހަންނަކަށް ކަމަކުނުދެއެވެ.
ފިރިމީހާ: ދެން، ކަލާ ކައިރީ ދެ ރޭ އަދި އޭނާ ކައިރީ އެއްރޭ ހޭދަކުރުން ކިހިނެއް ހެއްޔެވެ؟
ދޮށީ އަނބިމީހާ: ތި ގޮތާ ވެސް އަހަންނަކަށް ނުރުހެވޭނެއެވެ.
ފިރިމީހާ: އެހެންވެއްޖިއްޔާ ކަނބުލޭގެއާ އެކު ތިން ރޭ އޭނައާ އެކު އެއް ރޭ އަހަރެން ވޭތުކޮށްލުން ކިހިނެއް ހެއްޔެވެ؟
ދޮށީ އަނބިމީހާ: ތި ވެސް ކަމުދާ ގޮތެއް ނޫނެވެ.
ފިރިމީހާ: އެހެންވެއްޖިއްޔާ ކަމުދާ ގޮތަކީ ކޮބައިހެއްޔެވެ؟
ދޮށީ އަނބިމީހާ: އޭނައާ އެކު އެއްރޭ އިނބަ ހޭދަކޮށްފައި ދެން އަނެއް ރޭ އޭނަ އަހަންނާ ހަވާލުކުރާށެވެ!
