Support Us

ޤިޔާމަތް ދުވަސް ހަމަ އަންނާނެ

ފަޒާގައި ދައުރުވާ ގުރަހަލި ތަކުން ތަރިއެއް މި ދުނިޔެއަކީ
ޢަޒާބެއް ފަދަވި ތާޅަފިލީ އަޑަށް ނެތިދޭ މި ކައުނުއެކީ

ފިނދައިލެވިފައިވި ކަފަފަދައިން ބުރައިގެންދާނެ ފަރުބަދަތައް
ނިދައިފައި ހޭނުލައި އެކަމަށް ތިބުން މީ އެންމެ ދެރަކަމަކީ

ފޮތުންޤުރުއާން ބަޔާންވެއެނގޭ ސައިންސުން ހެކިލިބޭކަންކަން
އޮތުން އެނގިފައި މުހިއްމުވިޔަސް ނުދަތުމޭ ހުރި ހިތާމަޔަކީ

ވަރަށްކުރު މުއްދަތެއްގައިކަން އުޅޭން ލިބެނީ ނުދަންނަކަމުން
މަރަށް ޣާފިލުވުމޭ މީހާ ކުރަން ކުށް އޮންނަ ފުރުޞަތަކީ

ޖަމާކުރެވޭ މުދާ ގިނަޔަސް އަޅާގެދޮރުގެ އަދަދު ގިނަޔަސް
މަޤާމާ ބާރު ގަދަފަދަޔަސް ނުކުރުމޭ ހޭދަ އުނިކަމަކީ

އުޅޭންއޮތް ދާއިމީ ތަނަކީ މިޔެއްނޫންކަން ހަނދާން ނެތުމުން
ކުޅޭން ދުނިޔޭގެ ވަގުތު އެކަށް ހިފޭކަން އޮންނަ ގެއްލުމަކީ

ޤިޔާމަތް އަންނަ ދުވަހެއްކަން ޔަޤީންނުވެ ޝައްކުވާ މީހާ
ޚިޔާލީ ދުނިޔެއެއްގައި އުޅެ ނިމޭކަން ނަރަކަ ދާކަމަކީ

އުޅޭންވާ ހެޔޮ ރަނގަޅު ގޮތްތައް ރަސޫލުން ދެއްވިޔޭ ދައްކައި
އުޅޭ އުޅުމޭ އެގޮތް ދޫކޮށް ޢަޒާބަށް ހުށަހެޅޭ ކަމަކީ

ފަހުގެ
މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
އިތުރު ޅެންތައް
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *