Support Us

ކޮލަމް ކޯދު: ދީލާލުމުގެ ގާނޫނު!

ދީލާލުމުގެ ގާނޫނު (ލޯ އޮފް ކެޕިޓިޔުލޭޝަން) އަކީ ގައުމެއްގައި ބޭރު ގައުމެއްގެ މީހުން ތިބޭއިރު އެ ބޭރު ގައުމުގެ މީހުންގެ މައްޗަށް ތަނުގެ ގާނޫނު ނުހިންގޭނޭ ކަމަށް ބުނާ ގަވާއިދެވެ. އީރާނުގެ ޝާހުގެ ދުވަސްވަރު އީރާނުގައި އުޅުނު އެމެރިކާގެ މީހުންގެ މައްޗަށް، ދީލާލުމުގެ ގާނޫނުގެ ދަށުން، އިރާނުގެ ގާނޫނެއް ނުހިނގައެވެ. މިކަމާ ބެހޭ ގޮތުން އީރާނުގެ ޚުމައިނީ ވިދާޅުވިއެވެ. "އީރާނުގައި އުޅޭ އެމެރިކާގެ ކައްކާއެއްގެ އަތުން، އެކްސިޑެންޓެއްވެ، އިރާނުގެ ޝާހު އަވަހާރަވާން ދިމާވިޔަސް، އެމެރިކާގެ މީހާއާ ސުވާލުކުރެވޭހާ އެއްވެސް ބާރެއް އީރާނުގެ އެއްވެސް ގާނޫނަކަށް ލިބިގެން ނުވެއެވެ. ނަމަވެސް، އެކައްކާގެ ކުއްތާއެއް އިރާނު މީހާގެ އަތުން މަރުވެއްޖެނަމަ، އެ ކައްކާއަށް އީރާނު މީހާ ޝަރީއަތަށް ހާޒިރުކުރުމުގެ ބާރު ލިބިގެން ވެއެވެ."

މިހާރު ރާއްޖޭގައި ވެސް، އިތުރަށް ތަރައްގީ ކުރެވިފައިވާ މިފަދަ ގާނޫނެއް އޮތްހެން ހީވާ ކަހަލައެވެ. ބޭރު ބައެއް ގައުމުތަކުގެ މީހުންނަށް ދީލާލުމުގެ އިތުރުން ތަނުގެ ބައެއް މީހުން އިސްތިސްނާ ވެސް ކުރެވޭ ގާނޫނެކެވެ. އެހެންވީމާ އެ ގާނޫނަށް ކިޔަން ވާނީ ދީލާސްތިސްނާގެ (ދީލާލާ+ އިސްތިސްނާ) ގާނޫނެވެ!