ރާގު: ދިޔަވަތް ރަނގަޅު އޮޑި ރިޔަލަށް ކެރެންޏާ
ފަރިފަރި ރިވެތި ދޮން ސަންޕާ ފުޅާވޭ
ވަރިޔަށް ނުއެދި ކިޔަމަންތެރި ވެދޭށޭ
އަރިހުން ދުރަށް އަދި އަހަރެން ނުލާށޭ
މަރިޔާދުގައި އެކު ޢުމުރަށް އުޅޭށޭ
އަޅަކު ފަދައިން ޚިދުމަތް ކުރާނަން
ދަޅައެއް ނުދައްކާ ރުއްސާ މަދޭނަން
ހަޅައެއް ޖަހާހެން މަ އަޑެއް ނުލާނަން
އަޅަމުން މަށަށް ލޯ ރުޅިވެރި ނުވާށޭ
ނުކުމެގެން ގޭން ދިޔަރޭ މަ ނުނިދަން
ރުކުއޮތް ވަލުން ކަރު މަޅިވެސް މަ ބައްދަން
ޙުކުމުގެ ނުބައިކަން ވިސްނާ މަ ނުހަދަން
ކުކުމުގެ ކުލަވި ފުޅު އަޅެ ޞުލްޙްވާށޭ
ފިރުމި އިޙުސާސް ހިތުގައި ހިނގާތީ
އިރުއިރުކޮޅާ ހިތް ތެޅިފޮޅި ހަދާތީ
ކިރުދޫނި ފުޅު ތިޔަ އޮޅުވުން އެދޭތީ
ދިރުމެއް މަށަށް ދޭން ވަރިވާން ނުދާށޭ