ނަދާތައް އޮއްސަމުން ފަރި އެ މާތައް ވިދާތީ
ފަޒާގައި ހުވަނދުލެވި އުދުހިފައި އެ ދާތީ
ރަނުން ގަނޑުވަރު ބިނާކޮށް ހިތުން ކުރި ޖަރީ
ފަނުން ހުރި ޖިފުޓިއެއްގައި އޮތީމޭ ބިންމަތީ
ޚިޔާލީ އެހުވަފެން ބަލަން އޮވެ ތަންމަތީ
ވަޔާ އެކު ހެލޭ ރީތި ގޮފިތައްމަތީ
ޒިޔާ ރަތް ތަކަށްދުން ދިނީމޭ ލިބޭތޯ
ރިޔާ ނެތް އޮޑީގައި ކުރި ދަތުރު ކަނޑުމަތީ
ސަރިންދާ އަކުން ރީތި ރާގެއް ފުމޭތީ
މެރިން ލޯ ބަލާލަން މިހިތް އެދި ގޮވާތީ
ވިދާ ރީތި މަސްތައް އެ ހަނދުވަރުމަތީ
ފިދާވާން މަ އެދެނީ ދެފައިތިލަމަތީ