ރާގު: ނެތީހޭ މި ޢާލަމް….
ޒަމާނޭ އުޖާލާ ނިކަން ރޯޝަނީވީި
އަމާންކަން ބިމަށް އައި އުފާވެރި ވެގެންވީ
ޒަމާނޭ އުޖާލާ
***
ރަސޫލާ މުޙައްމަދު ރިސާލަތުގެ ނޫރުން
ފިލައިގެން އެދިޔައީ ޖަހާލަތުގެ ކޫރުން
ކަޅާ ދޮނުގެ ފަރަގާ ބިމުން ނެތިކުރެއްވީ
އަމާންކަން ބިމަށް އައި އުފާވެރި ވެގެންވީ
ހުޅަނގު ރޯމަނުންނާ އިރުން ފާރިސީންނާ
ބަލިވެ ބާރު ނެތުނީ މުލުން ބިންގަލުންނާ
މަދީނާގެ ލަސްކަރު އެހައި ބާރު ގަދަވީ
އަމާންކަން ބިމަށް އައި އުފާވެރި ވެގެންވީ
